ހަބަރު
10 Nov 2024 | 18:23
ރައްޔިތުން ކަންބޮޑުވީތީވެ، ނިހާޔަތަށް މައާފަށް އެދެން. ދެން އެކަހަލަ ކަމެއް ތަކުރާރެއް ނުވާނެ: ބީބީއޭއެމް

ނިމިގެންދިޔަ 15 ވަނަ ވަރލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ގުޅިގެން ރައްޔިތުންގެ ފަރާތުން ކަންބޮޑުވުންތަކެއް ހުރުމުން އެކަމަށް މައާފަށް އެދޭކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީބީއޭއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އާއި ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް އެ އެސޯސިއޭޝަނުން މަސައްކަތްކޮށްފައިވާކަމަށެވެ.

ނަމަވެސް މުބާރާތާ ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން، ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ރައްޔިތުންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭކަމަށާއި މުސްތަގްބަލުގައި ދެން މިފަދަކަމެއް ތަކުރާރު ނުވާނޭކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ބީބީއޭއެމްގެ ބަޔާނުގައި ބުންޏެވެ.

ބީބީއޭއެމުން ބުނީ، އެ ޖަމިއްޔާއިން އެފަދަ ބައިނަލްއަޤްވާމީ މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރީ ރާއްޖޭގެ ޕްރޮފައިލް ބައިނަލްއަޤްވާމީ ކުޅިވަރު ދުނިޔޭގައި ވަރުގަދަ ކުރުމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމަށް ލިބޭނޭ ކުރިއެރުމަށް ވިސްނަިއގެން ކަމަށެވެ.

މުބާރާތް ބޭއްވީ ދުރާލާ އެކަމަށް ތައްޔާރުވެ، އެހެންގައުމުތަކާ ވާދަކޮށް ކަމަށާއި، މުބާރާތް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މުބާރާތް ކެންސަލްކޮށްފިނަމަ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި މުބާރާތާއިގެން ކުރިއަށްދިޔައީކަމަށްވެސް ބީބީއޭއެމްގެ ބަޔާނުގައި ބުންޏެވެ.

ނިމިގެންދިޔަ 15 ވަނަ ވަރލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ގުޅިގެން ކަންބޮޑުވުންތައް އައިސްފައިވަނީ، ކީރިތި ގުރުއާނުގެ ބަރަކާތުން ފެށި އިވެންޓެއްގައި އައުރަ ނިވާނުވާވަރަށް މުބާރާތުގެ ބައިވެރިން ތިބުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.