ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ-- ފޮޓޯ: އޭޕީ7އޭއެމް
ދުނިޔެ
11 Nov 2024 | 12:01
ހަސީނާ ހައްޔަރުކުރުމަށް ބަންގްލަދޭޝްއިން އިންޓަޕޮލްގެ އެހީތެރިކަން ހޯދަނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި އެކަމަނާގެ ބައިވެރިން ހޯދުމަށް އިންޓަޕޮލް އިން ރެޑް ނޯޓިސް ނެރުމަށް އެދޭނެކަމަށް އެގައުމުގެ ވަގުތީ ސަރުކާރުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނީ، އޭރު އޮތް ސަރުކާރާއި ދެކޮޅަށް މިއަހަރުގެ ޖުލައި އަދި އޮގަސްޓްމަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި ބޭއިންސާފުން ކަންތައްތައް ކުރެވިގެންދިޔަ ދިޔުމާއި ގުޅޭގޮތުން ހަސީނާ އާއި އެކަމަނާގެ ސަރުކާރުގައި ހިމެނޭ ބޭފުޅުން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް، އަނބުރާ ގެނެސް ޖަވާބުދާރީ ކުރުވާނެކަމަށެވެ. 

ހަސީނާގެ ވެރިކަން ވެއްޓުނުފަހުން 700 އަށް ވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބެލެވޭ އެކަމަނާގެ ސަރުކާގެ ބޭފުޅުން ވަނީ އެގައުމުގެ މިހާރުގެ ސަރުކާރުން ވަނީ ހައްޔަރުކޮށްފައެވެ.

ބަންގްލަދޭޝުން މިހާރުވެސް ހަސީނާ ހައްޔަރުކުރުމަށް ނޯޓިސް ނެރެފައިވާއިރު، އެގައުމުގައި ހަސީނާގެ ވެރިކަމާއި ދެކޮޅަށް ކުރިއަށްދިޔަ ސިލްސިލާ މުޒާހަރާތަކަކަށްފަހު، ބޮޑުވަޒީރުކަމުން މިއަހަރުގެ އޮގަސްޓްމަހު އިސްތިއުފާ ދެއްވި ހަސީނާ ބަންގްލަދޭޝުން ފިލައި އޭރު ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާއަށެވެ.

އިންޓަޕޮލް ރެޑް ނޯޓިސް ނެރުމާއިއެކު ދުނިޔޭގައި ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތަކަށް އެލާޓް ލިބިގެންދާއިރު، އިންޑިއާ އަކީ ވެސް އިންޓަޕޮލްގެ ގައުމެކެވެ. އެހެންނަމަވެސް، އިންޑިއާއިން ހަސީނާ އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާނެކަން މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.