ވަޒީރު އަމީން--
ހަބަރު
11 Nov 2024 | 14:43
ސެކިއުރިޓީ ފީޗާ ހިމެނޭ ގޮތަށް ޑޮމެއިން ނަމްބަރު ވިއްކާ ގަވާއިދު ނެރެފި

ސެކިއުރިޓީ ފީޗާ ހިމެނޭ ގޮތަށް ޑޮމެއިން ނަމްބަރު ވިއްކާ ގަވައިދު ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރި އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގައިވާ ގޮތުން، މިހާރު ދޫކޮށްފައިވާ ޑޮމެއިން ނަމްބަރުތައް އަލުން ރަޖިސްޓްރީކޮށް ފައިސާ ދައްކަން ދެ މަސް ދުވަސް ލިބޭނެ އެވެ.

ޑޮމެއިންގެ ރަޖިސްޓްރީ ލިޔުމާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދަތައް ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިންނަށް ބަދަލުކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އޭގެ ފަހުން ބޭނުންކުރާ ޑޮމެއިން ރަޖިސްޓްރީ އާއި ހުއްދަތައް ބަލައި ނުގަންނަނާނެކަމަށް ގަވާއިދުގައިވެއެވެ.

ޑޮމެއިން ނަމްބަރެއްގެ މައްސަލަ ހައްލު ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގައި މީގެ ކުރިން ތިން މެމްބަރުން ތިބި ނަމަވެސް، މިހާރު އެ ކޮމެޓީގައި ތިބޭނީ ހަތް މެމްބަރުން ކަމަށާއި މައްސަލަ ނިންމޭނީ އޭގެ ތެރެއިން ހަތަރު މެމްބަރުން އެއް ގޮތަކަށް އިންތިފާގުވެގެން ކަމަށް ވެސް އިސްލާހުގައިވެއެވެ.

މި ކޮމިޓީއަށް ބޭނުންކުރަމުންދާ ޑޮމެއިންއަކީ ގާނޫނާއި އެގޮތަށް ދީފައިވާ ސައްހަ ޑޮމެއިނެއްކަމަށް ކަނޑައެޅުމާއި ގަވާއިދުތަކާ އެއްގޮތަށް ދީފައިވާ ސައްހަ ޑޮމެއިނެއް ނޫންކަމުގައި ކަނޑައެޅުމާއެކު އެ ޑޮމެއިނަކީ ބާޠިލު ޑޮމެއިނެއްކަމަށް ނިންމުގެ ބާރު ލިބިގެންވެއެވެ.

މީގެ އިތުރުންވެސް، މި ގަވާއިދު ބުނާގޮތުން، ޑޮމެއިން ނަމްބަރެއް ރަޖިސްޓްރީ ކޮށްދެނީ ކުރިން ވެސް އޮތް އުސޫލާއި އެއްގޮތަށް 500 ރުފިޔާއަށެވެ. އަދި ނީލަމުގެ އުސޫލުން ޑޮމެއިނެއްގެ އަގަކީ 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދެވެ.

މި ގަވާއިދުގައި ބުނާގޮތުން ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ދުއްވާ މީހާގެ އަތުގައި އޮތުން ކަމުގައި ވާނީ މިނިސްޓްރީން ދޫކުރާ ލިޔުން ނުވަތަ ކިއު އާރު ކޯޑު ސްކޭންކުރެވޭނެ ފަދަ ކޮޕީއެއް ނުވަތަ ރަސްމީ ޕޯޓަލެއްގެ ތެރެއިން ފެންނަން އޮންނަ އޮތްނަމައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.