އާސަންދައިގެ ޚިދުމަތްދޭ ތަނެއް--
ހަބަރު
12 Nov 2024 | 12:14
ބޮޑު އާމްދަނީއެއް ލިބޭ މީހުން އާސަންދައަށް އަގެއް ދައްކަން ޖެހޭގޮތް ހަދަނީ

ސަރުކާރުން ހުށަހަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން އާސަންދައިގެ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވަކިވަރަކަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އާސަންދައަށް އަގެއް ދައްކަން ޖެހޭގޮތް ހަދަން ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ގެެޒެޓުގައި ޝާއިއުކޮށްފައިވާ ބަޖެޓް މައުލޫމާތު ފޮތުގައި ބުނީ، މި އަހަރުގެ ނިޔަލަށް އާސަންދައިގެ ހަރަދު 2.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމުގައި ލަފާކުރެވޭ ކަމަށާއި، ސިއްހީ ވެލްފެއާގެ ނިޒާމަަށް މުޅިޖުމްލަ 3.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިގޮތަށް ހަރަދު އިތުރުވުމަކީ ދެމެހެއްޓެނެވި ގޮތެއްގައި މި ނިޒާމުތައް ކުރިއަށްގެންދަން އޮތް ގޮންޖެހުމެއް ކަމަށް ބަޖެޓް ފޮތުގައި ފާހަގަކޮށްފައިވާއިރު، ސަރުކާރުން ބުނީ އާސަންދައިގެ ދަށުން ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ ޚަރަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަހަރަކު އެވަރެޖްކޮށް 9.2 އިންސައްތައިން އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން، އާސަންދައިގެ ނިޒާމުގެ އެފިޝިއަންސީ އިތުރުކޮށް އެ ނިޒާމުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުން 2025 ވަނަ އަހަރުގެ އޭޕްރީލު މަހުން ފަށައިގެން އާސަންދައަށް ކޮންމެވެސް މިންވަރެއް ދައްކަން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައެވެ. 

އެއީ ދެކުނުކޮރެއާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ކާމިޔާބުކަމާއެކު މިހާރުވެސް ހިންގަމުންދާ ނިޒާމެއްކަމަށާއި، މި އިސްލާހުގެ ސަބަބުން އެންމެ ފަގީރު މީހާއަށް އެއްވެސް ބުރައެއް އުފުލަންނުޖެހި ހިލޭ ބޭސްފަރުވާ ލިބުމުގެ ޖާގަ އިތުރުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުންވެސް،  ބޮޑު އާމްދަނީއެއް ލިބޭ މީހުން އައުޓްޕޭޝަންޓު ހިދުމަތްތައް ހޯދާއިރު އަދި އެސެންޝިއަލް ނޫން ބޭސް ގަންނައިރު ބިލުގެ ވަކި މިންވަރަކަށް ކޮންޓްރިބިއުޝަންއެއް ދައްކަން ޖެހޭ ގޮތަށް ނުވަތަ ކޯޕޭ އުސޫލަށް ނިޒާމު ބަދަލުކުރަން ސަރުކާރުން ހުށަހަޅާފައިވާއިރު، އެ އިސްލާހުވެސް ތަންފީޒުކުރާނީ އަންނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެންނެވެ.

މި އުސޫލުގެ ދަށުން އާސަންދައަށް ހިއްސާކުރަންޖެހޭ މިންވަރާއި އަހަރެއްގެ ތެރެގައި ގިނަވެގެން ހަރަދުކުރަންޖެހޭ މިންވަރު އާމްދަނީއަށް ބަލައި ކަނޑައަޅާނެކަމަށާއި، އެ މިންވަރުގެ އިތުރަށް އަތުން ފައިސާ ދައްކަން ނުޖެހި މިހާރެކޭވެސް އެއްގޮތަށް ޚިދުމަތް ހޯދޭނެކަމަށް ސަރުކާރުން ބުނެއެވެ.

ބަޖެޓް ފޮތުގައިވާގޮތުން، މި އިސްލާހުން،  18 އަހަރު ނުފުރޭ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދާއިމީކޮށް ފަރުވާކުރަންްޖެހޭ ބަލިތަކާއި ފުރާނައަށް ނުރައްކާވާ ބަލިތައް ތަހައްމަލުކުރާ މީހުން އިސްތިސްނާވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.