ބަޖެޓް 2025 މައުލޫމާތު ފޮތް
ހަބަރު
12 Nov 2024 | 14:07
އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފި

އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނޭކަމަށް މާލީ ވުޒާރާއިން ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި 2025 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މައުލޫމާތުގައި ބުނެފައިވާގޮތުން މިއަހަރަށް ފާސްކުރި ބަޖެޓަށްވުރެ ލަފާކުރާ ޑެފިސިޓް ފުޅާވެގެންދިއުމާއެކު، ދައުލަތުގެ ސީދާ ދަރަނި މިއަހަރު ނިމޭއިރު 124.7 ބިލިއަން ރުފިޔާއަށް އަރާނޭކަމަށް މިހާރު ބެލެވޭ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ސީދާ ދަރަންޏާ އަޅާބަލާއިރު،  12.8 އިންސައްތައިގެ އިތުރުވުމެކެވެ.

ބަޖެޓް މައުލޫމާތު ފޮތުގައި ފިނޭނުންސުން ވަނީ މިއަހަރުގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު އިތުރުވެ، 114.4 އިންސައްތައަށް އަރާނޭކަމަށް ލަފާކޮށްފައެވެ. ކުރިއަށް އޮތް އަހަރުތަކަށް ރާވާފައިވާ ޑެފިސިޓް ބަޖެޓްތައް ފައިނޭންސް ކުރުމަށާއި ދަރަނީގެ ބައެއް ރީފައިނޭންސް ކުރުމަށް ދައުލަތުން ފައިސާ ހޯދަންޖެހޭ މިންވަރު އިތުރުވެ ސީދާ ދަރަނި ކުރިއަށްއޮތް ތަނުގައިވެސް އިތުރުވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

ދަރަންޏަށް ބަލާއިރު، މިއަހަރު ނިމޭއިރު، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި 13.9 ބިލިއަން ރުފިޔާއަށް ދަށްވެގެންދާއިރު، އަންނަ އހަރު ނިމޭއިރު އެ އަދަދު 12.3 ބިލިއަން ރުފިޔާއަށް ދަށަށްދާނޭކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. 

އަންނަ އަހަރު ނިމޭއިރު ޖުމްލަ ބޭރު ދަރަނި 55 ބިލިއަން ރުފިޔާއަށް އަރާއިރު، އެތެރޭގެ ދަރަނި 80 ބިލިއަން ރުފިޔާއަށްވުރެ މައްޗަށްދާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ސީދާ ދަރަނި 137.7 ބިލިއަން ރުފިޔާއަށް އަރައިގެންދާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 114.6 އިންސައްތައެވެ. މިދިޔަ އަހަރުތަކުގައި ފައިސާ ޗާޕްކުރުމާއި، ރިކަރަންޓް ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން،  2026 އަދި 2027 ވަނަ އަހަރުތަކުގައިވެސް ދައުލަތުގެ ސީދާ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 95 އިންސައްތައަށްވުރެ ތިރިވާނޭކަމަށް ނުބެލެވޭކަމަށް މާލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.