ރައީސުލްޖުމްހޫރިއްޔާ ކޮޕް ސަމިޓްގައި
ހަބަރު
12 Nov 2024 | 19:00
ހަނގުރާމައަށް ހޭދަކުރެވޭއިރު، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ހޭދަ ކުރަން އިސްކަމެއް ނުދެވޭ: ރައީސް މުއިއްޒު

ހަނގުރާމަތަކަށް ހޭދަތަށް ކުރުމުގެ ބަދަލުގައި މޫސުމީގޮތުން ކުރިމަތިވަމުންދާ ނުރައްކާތައް ކުޑަކުރުމަށްޓަކައި ހޭދަކުރެވެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގެ ބާކޫގައި ފެށި ކޮޕް ސަމިޓް ހުޅުވުމުގެ ސެޝަނުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މޫސުމީ ގެއްލުންތަކުން ކުޑަކުރުމުގެ ވާހަކަ ދެކެވެމުންދާއިރު، ދިވެހިރާއްޖެއަކީ އެންމެ ފުރަތަމަ ހިތަށް ސިފަ ކުރެވޭ ޤައުމު ކަމަށާއި، ދިވެހިންނަކީ އާދަޔާހިލާފް ހިތްވަރުގަދަ ބައެއް ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ 35 އަހަރުކުރިން ފެށިގެންވެސް މި ބާވަތުގެ މަޖިލީސްތަކުގައި ރާއްޖެ އަންނަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހަރުއަޑުން އަޑު އުފުލަމުންކަމަށެވެ. މިހާ ދުވަސްވެގެންދިޔައިރުވެސް ރާއްޖެއިން ގޮވާލަމުން އަންނަ ކަންކަމަށް ބަދަލު ނާންނަކަމަށާއި، މިކަމުގައި ރާއްޖޭގެ މިސްރާބުހުރީ ހަމަ އެންމެކުރިންވެސް ހުރިގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމުގައި ވަރަށް މުހިއްމު ސަބަބުތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ ކަނޑާއި ތިމާޥެއްޓަކީ ހަމައެކަނި ވަސީލަތެއް ނޫންކަމަށާއި، އެއީ ސަގާފަތް ރަމްޒުކޮށްދޭ ކަމަށެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުން ނޫންގޮތެއް ނެތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ގޮންޖެހުންތައް ހުރިނަމަވެސް، ތަސައްވުރެއް އެބައޮތް ކަމަށާއި، އެކަމުގައި އުއްމީދެއް އެބައޮތް ކަމަށެވެ. ހަކަތައިގެ ރޯޑްމެޕެއް އިފްތިތާހްކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކާނާގެ ޔަގީނބްކަން ކަށަވަރުކުރުމާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ފަށާފައިވާކަމަށެވެ. މީގެ އިތުރުން އިގްތިސާދު ސިންދަފާތުކުރުމުގެ ގޮތުން އިގްތިސާދީ ހާއްސަ ޒޯންތައް ގާއިމްކުރުމާއި ޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުންވެސް ތަފާތު އެކިއެކި އިންވެސްޓްމަންޓްތައް ފެށުމަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މުއްސަނދި ގައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރަން ޖެހޭކަމަށާއި، މިކަމުގައި މަނާވީގޮތެއްގައި މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އެގޮތުން މިފަހަރު ގެ ސަމިޓަކީ ނަތީޖާ ނެރެވޭ ސަމިޓެއްގެ ގޮތުގައި ހައްދަވަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.