ޝޭޑްސް އޮފް މައިންޑް އާޓް އެގްޒިބިޝަން ހުޅުވުމުގެ ތެރެއިން..
ހަބަރު
12 Nov 2024 | 20:06
ޒުވާނުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެ: ނައިބުރައީސް

ޒުވާނުން ބޭނުންވާ ކަންކަން ކުރުމުގައި އަދުގެ ސަރުކާރުން ފަހަތަށް ނުޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އާޓް ގެލަރީގައި މިއަދު ފެށި "ޝޭޑްސް އޮފް މައިންޑް" ކުރެހުމުގެ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބުރައީސް ވިދާޅުވީ ޒުވާނުން ބޭނުންވާ ކަންކަމުގައި މި ސަރުކާރުން ފުރިހަމައަށް ތާއީދުކޮށް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން ދޭކަމަށެވެ. 

ސަރުކާރުގެ މެނިފެސްޓޯގައި ޒުވާނުންގެ ކުރިއެރުމަށް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރެވެން ހުރި ކަންތައްތައް ސަރުކާރުން ކުރާނޭކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ޒުވާނުންގެ ކުރިމަގު ހަނިކޮށް ދަތިކުރާ ކަންކަމަށް ފުރުސަތު ނުދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ޝޭޑްސް އޮފް މައިންޑް މައުރަޒު

"ޝޭޑްސް އޮފް މައިންޑް" މި މައުރަޒަކީ ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރުމަށާއި، އެކަމުގެ ޝުއޫރުތައް ދައްކުވައިދިނުމަށް ޒުވާނުންގެ ކުރެހުންތައް ހިމެނޭ މައުރަޒެެވެ.

"ޝޭޑްސް އޮފް މައިންޑް މައުރަޒު

މި މައުރަޒާ ގުޅޭގޮތުން ޒުވާނުންގެ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވީ، މި މައުރަޒަށް ޒުވާނުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބިގެންގޮސްފައިވާކަމަށެވެ. މައުރަޒުގައި ހިމެނޭ ކުރެހުންތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ލިބޭނީ އާޓިސްޓުންނަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާޓްގެލަރީގައި މި މައުރަޒު ކުރިއަށްދާނީ ނެޝަނަލް އާޓް ގެލަރީގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.