ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް: ފޮަޓޯ/ އެމްޑީޕީ
ހަބަރު
13 Nov 2024 | 09:43
‎މިއަދު މިއީ އެންމެން އެކީގައި ތެދުވެ ނުކުންނަންވީ ވަގުތު، ރާއްޖެ މިއޮތީ ފުނޑިފައި: ރައީސް ޞާލިޙް

ރާއްޖެ އޮތީ އެއްކޮށް ”ފުނޑިފައި“ ކަމަށާ، މިއީ އެންމެން އެކީގައި ތެދުވެ ނުކުންނަންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރަށް އެންމެ އަހަރެއް ފުރުނު އިރު ދިވެހިން ތިބި ހާލާމެދުގައި ވިސްނާލަންޖެހޭ ކަމަށެވެ. 

އެގޮތުން ރާއްޖޭގެ ތާރީޚްގައިވެސް މަސްވެރިން އެންމެ ހާލުގައި އުޅެންޖެހިފައިވާ ދުވަސް ވަރަކީ މިއީ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މަހުގެ އަގު ކުޑަކޮށް، ފައިސާވެސް ނުދޭތާ، މަސްވެރިކަމުގެ ސިނާޢަތު ކޮޅަށް ޖެހުމަށް އެމްޑީޕީ ސަރުކާރުން ކުރި ހުރިހާ ކަމެއް ހުއްޓާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ވިޔަފާރިތަކާއި، ޓެކްސީ ޑްރައިވަރުންނަށްވެސް ބޮޑެތި ގެއްލުންވަމުންދާ ކަމަށާ އެތަން ބަލަން ތިބެވެނ ނެތް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. 

އަޅުގަނޑުމެންނަށް މިހާރު މެންނަށް މިހެން ބަލަން ތިބެވޭކަށް ނެތް. ތެދުވަން ވެއްޖެ. ފުނޑިއްޖެ. ހަމަ ފުނޑިއްޖެ. މުޅި ގައުމު ފުނޑެމުން މިދަނީ. 

ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް 

މިއާއެކު ރައީސް ޞާލިޙް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތްވެސް މި ސަރުކާރު އައިސް ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް ދިން ފުލެޓްތައްވެސް އަތުލައި ބޭނުން ބަޔަކަށް ބަހާލަން ތައްޔާރުވާކަމަށް ވިދާޅުވިއެވެ. 

ނަމަނަމަ އަޅުގަނޑުމެން އެ ފުރުސަތު ދީގެން ނުވާނެ. އެމްޑީޕީން މިކަމުގައި ތެދުވަންވާނެ. މާލޭގެ ރައްޔިތުންނަށް ދީފައިހުރި ގޯތި ތަކާއި ފުލެޓްތައް ހޯދައި ދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް، އަޅުގަނޑުމެން ވާނީ ކުރަން… މިއަދު މިއީ އަޅުގަނޑުމެން އެންމެން އެކީގައި ތެދުވެ ނުކުންނަންވީ ވަގުތު. ރާއްޖެ މިއޮތީ ފުނޑިފައި. ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފި. އެއްވެސް ކަމެއް ހާމަނުކުރޭ. ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި. މީޑިއާއަށް ހުރަސް އަޅަމުން އެ ގެންދަވަނީ. ޑޮލަރުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ. މިވަރުން ފުދިއްޖެ

ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް 

މިއާއެކު ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި އެމްޑީޕީ އަނެއްކާވެސް ނުކުންނާނެ ކަމަށެވެ. އަދި މިހާރުން މިހާރަށްވެސް ނުކުންނަން ޖެހޭ ކަމަށާ، މި ސަރުކާރަށް ”ވަގުތެއް ދީފިއްޔާ ދަމައިގަންނަވަރު ބޮޑުވާނެ“ ކަމަށެވެ. 

ރައީސް ޞާލިހް އިތުރަށް ވިދާޅުވިގޮތުގައި ރައްޔިތުން ބޭނުންވާ މިސްރާބަށް އެމްޑީޕީއިން މި ގައުމު އަނެއްކާވެސް ގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.