އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
13 Nov 2024 | 10:30
”މުޅި ދުނިޔެ ބަންދުވެފައި އޮތް އިރުވެސް އެމްޑީޕީ ސަރުކާރުން ރައްޔިތުން ކައިރި ހިތި ބޭސް ބޯން ބުނިތޯ“

ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެ ބަންދުވެފައި އޮތް ޒަމާނުގައި ވެސް އެމްޑީޕީ ސަރުކާރުން ރައްޔިތުން ކައިރި ހިތި ބޭސް ބޯން ނުބުނާކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، އެމްޑީޕީން "ފުދިއްޖެ، ފުޑިއްޖެ" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޝާހިދު ވިދާޅުވީ، ރާއްޖެ ކޮވިޑުގެ ވަބާއިން ސަލާމަތްވިއިރު، ތަފާސްހިސާބު ބަލާލައިފިނަމަ 2020 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީގެ ތިންބައިކުޅަ އެއްބައި ގެއްލިގެން ދިޔަ ކަމަށާއި، ފަތުރުވެރިކަމުގެ 67 އިންސައްތަ އުނިވެގެން ދިޔަ ކަމަށެވެ.

ދައުލަތުގެ އާމްދަނީން 29 ބިލިއަން ގެއްލިގެން ދިޔަކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މިއީ ކުދި ކުދި އަދަދުތަކުގެ ވާހަކަ ނޫންކަމަށެވެ.

އެއީ މުޅި ދުނިޔެ ބަންދުވެ، ތަނަކަށް ފުރައިގެން ދިޔުމާއި، އެއްޗެއް ގެނައުން ނުވަތަ ކަމެއް ކުރެވޭނެ ގޮތެއް ނެތި މުޅި ދުނިޔެ މާޔޫސްވެފައި އޮތް ޒަމާނެއް ނަމަވެސް، އެމްޑީޕީ ސަރުކާރުން ރައްޔިތުން ގާތުގައި ހިތި ބޭސް ބޯން ޖެހިއްޖޭ ވިދާޅުވިތޯ ޝާހިދު ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުމެން ސަބްސިޑީ ކަޑާލިންތޯއޭ، އަޅުގަނޑުމެން ކަރަންޓު ބިލު ކަނޑާލިންތޯއޭ، އަޅުގަނޑުމެން އަސާސީ ބޭސް ފަރުވާ ނުލިބިދިޔައީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯއޭ. ވަޒީފާ ކަނޑާލީމާ އިންކަމް އޭރުގެ ސަރުކާރުން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހގެ ސަރުކާރުން ނުދެއްވާތޯއޭ،"

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކޮވިޑަށް ފަހު އިގްތިޞާދު އެންމެ ބާރަށް ކުރި އެރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއ، ވެރިކަން ބަދަލުވަމުން ދިޔަ އިރު އިންފްލޭޝަން ކޮންޓްރޯލްކުރެވި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، 2026 ވަނަ އަހަރަށް 5.5 އިންސައްތައިން އިގްތިޞާދީ ކުރިއެރުން ލިބޭނެ ކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ލަފާކުރި ކަމަށެވެ.

މިބީދައިން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ މި ސަރުކާރުންތިން އިރު ކާ ބޭހެއް ފަދައިން ދޮގު ހަދަމުން ކަމަށާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑަށް ރާއްޖެ އަށް އޭގެ ނޭދެވޭ އަސަރުކުރާ ކަަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.