ސްކޫލް ކުއްޖެެއް-- ފޮޓޯ: ވޮއިސް
ހަބަރު
13 Nov 2024 | 14:00
އަންނަ އަހަރު ގްރޭޑް 1 އަށް ވަނުމަށް ފޯމް ހުށަހެޅުމަށް ބާކީ 2 ދުވަސް!

2025 ވަނަ ދިރާސީ އަހަރު ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ތައުލީމާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ، މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތުގައި ގިނަ އަދަދެއްގެ ދަރިވަރުން ފޯމް ހުށަހަޅާފައިވީ ނަމަވެސް، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 2 ދުވަހަށް ވެފައިވާއިރު، މަދު އަދަދެއްގެ ދަރިވަރުންގެ އެޕްލިކޭޝަން ފޯމްތައް ލިބިފައިނުވާކަމަށެވެ.

ފޯމް ހުށަހެޅުމުގެ ދެވަނަ ފުރުޞަތަކަށް ހުޅުވާލަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުދިންނަށް ޖާގަ ދެވޭނީ ފުރަތަމަ ފޯމް ހުށަހެޅި ކުދިންނަށް ޖާގަދިނުމަށް ފަހުގައި ކަމަށާއި، މި ހާލަތުގައި އެ ކުދިންނާ އެއް ޢާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެހެންކަމުން، އެ ވުޒާރާއިން ވަނީ، ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، މާލޭ ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވައްދަން ޖެހޭ ބެލެނިވެރީން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 15 ނޮވެންބަރު 2024 ކަމަށްވާއިރު، https://myoffice.moe.gov.mv/forms/id/2 މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.
26 Jun 2026
އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް
މީގެކުރިން ވޯލްޑް ކަޕްގައި ވާދަކުރި ތިން ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓި އައިވަރީ ކޯސްޓަށް، ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.