ސަރުކާރުން މީގެކުރިން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން..
ހަބަރު
13 Nov 2024 | 14:25
މީޑިއާ ކޮމިޝަން ބިލާގުޅޭގޮތުން އެމްޑީޕީގެ ކަންބޮޑުވުންތަކެއް

މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި،  ސަރުކާރުން ވުޖޫދަށް ގެންނަން އުޅޭ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދައި ކޮމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައިވާތީވެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރުން ނިންމާފައިވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، މިހާތަނަށް ދެ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް އެ ކޮމިޝަނަކުން ކުރިއަށްގެންދާށެވެ.

މިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް ވުޖޫދަށް ގެނައުމަށް ތައްޔާރުވަމުންދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް އަމިއްލަ މެމްބަރެއް ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިންކަމަށެވެ. މިއީ މީޑިއާގެ މިނިވަންކަން ކަފުންކުރުމަށް ސދަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެއްކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 4 މެމްބަރުންނާއި މީޑިއާތަކުން އައްޔަނުކުރާ 3 މެމްބަރެއްގެ މައްޗަށެވެ. އެމްޑީީޕީން ބުނީ ކޮމިޝަނުގެ ރައީސާ ނައިބުރައީސް އައްޔަނުކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި ކަމަށެވެ. 

މިކަން މިހެން އޮތުމުން އެމްޑީޕީން ގަބޫލުކުރަނީ މިއީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓްކުރުމަށް އޮތް މަގު ބަންދުވެ، ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް ހައްދެއްނެތި ހިންގުމަށް ފަހިކުރާ ފުރުސަތެއްގެ ގޮތުގައި ކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ މި ބިލް މިހާރު އޮތްގޮތުން މީޑިއާއަށް ކަށަވަރުކޮށްދީފައިވާ ދުލާއި ގަަލަމުގެ މިނިވަންކަމަށް ހުރަސް އަޅައި، ޑިމޮކުރަސީގެ 4 ވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާ މީޑިއާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ސަރުކާރު ޒިންމާދާރު ކުރުމަށް މީޑިއާގެ މުހިއްމު ދައުރެއް އަދާކުރާއިރު، މީޑިއާގެ މިނިވަންކަން ގެއްލޭ މި ބިލަށް އެމްޑީޕީން ތާއީދު ނުކުރާނޭކަމަށާއި، މީޑިއާތަކަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީގެ މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.