އިންޑިއާއިން ތަޖުރިބާކުރި މިސެއިލެއް
ދުނިޔެ
13 Nov 2024 | 16:42
އިންޑިއާއިން އާ މިސައިލެއް ޓެސްޓްކުރަނީ

އެއްހާސް ކިލޯ މީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ދުރު ރާސްތާ މިސައިލެއް ޓެސްޓްކުރުމަށް އިންޑިއާއިން ތައްޔާރުވެއްޖެއެވެ.

މަނަވަރު ފަހަރަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ މި އެންޓި-ޝިޕް މިސައިލަކީ އެއްގަމުންވެސް އަދި މަނަވަރަކުންވެސް އުދުއްސާލެވޭނެ މިސައިލެއްކަމަށް އިންޑިއާގެ ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނުން ބުނެއެވެ.

މި މިސައިލްތައް ބޭނުންކުރާނީ އިންޑިއާގެ ނޭވީ އިންނެވެ. އިންޑިއާ ކަނޑުގެ ސިފައިންގެ އިތުރުން އިންޑިއާގެ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންގެ ލަޝްކަރުތަކުންވެސް އާ ބެލެސްޓިކް މިސައިލްތަކަށް މިހާރު ވަނީ އޯޑަރު ދީފައެވެ.

މީގެ ތެރޭގައި މެދު ރާސްތާ އަދި ކުރު ރާސްތާ މިސައިލްވެސް ހިމެނެއެވެ. މިއީ ޒަމާނީ ބަދަލުތަކާއެކު އަސްކަރިއްޔާތަކަށް އަންނަމުންދާ ކުރިއެރުންތަކާ އެއް ހަމައެއްގައި ފައި ހަމަކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އިންޑިއާގެ އިރުމަތީގައި ޗައިނާއާއެކު ހިއްސާ ބޯޑަރު ސަރަހައްދު ބެލެހެއްޓުމަށް ގިނަ އަދަދެއްގެ މިސައިލާއި ރޮކެޓް ބަހައްޓާފައިވެއެވެ. ޗައިނާއަކީވެސް އެންމެ ގިނަ އަދަދަކަށް މިސައިލާއި ރޮކެޓް ހުރި އެއް ގައުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.