ފިލިޕީންސް ކޯސްޓްގާޑް އޮފިސަރުން.. ފޮޓޯ/ ރޮއިޓާސް
ދުނިޔެ
13 Nov 2024 | 19:08
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާގެ ފިއްތުންތައް ގިނަ ވެއްޖެ: ފިލިޕީންސް

ދެކުނު ޗައިނާ ކަނޑުން ފިލިޕީންސްއަށް ހައްގުވާ ބައިގެ މިލްކުވެރިކަމާމެދު ދައުވާކުރުން ހުއްޓާލުމަށް ޗައިނާއިން ކުރާ ފިއްތުންތައް އިތުރުވެފައިވާކަމަށް ފިލިޕީންސްއިން ބުނެފިއެވެ.

ފިލިޕީންސްގެ ސެކެޓްރީ އޮފް ނޭޝަނަލް ޑިފެންސް ޖިލްބާޓޯ ތިއޮޑޯރޯ މިހެން ވިދާޅުވީ އޮސްޓްރޭލިއާގެ ވެރިރަށް ކެމްބެރާގައި އެގައުމުގެ ދިފާޢީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން މި ދެގައުމުގެ ދިފާޢީ ވަޒީރުން ބައްދަލުކުރެއްވި ފަސް ވަނަ ފަހަރެވެ. މިއީ ޗައިނާއިން ދެކުނު ޗައިނާ ކަނޑައަށް އަތް ގަދަކޮށް، ހުޅަނގުގެ ބާރުތަކަށް ޕެސިފިކް ސަރަހައްދުގައި ބިރަކަށް ޗައިނާ ވެދާނެކަމަށް ބެލެވޭ ދަނޑިވަޅެއްގައި ފިލިޕީންސްއާއި އޮސްޓްރޭލިއާގެ ދިފާޢީ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެކެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތިއޮޑޯރޯ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ފިލިޕީންސްގެ މިލްކުވެރި ސަރަހައްދަކީ ފިލިޕީންސްގެ އަމިއްލަ ސަރަހައްދުކަމަށާއި، އެތަނުގެ ބޭނުންކޮށް އެތަނުގެ ނަފާ ފިލިޕީންސް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ އެގައުމުގެ ސަރުކާރުގެ ވާޖިބެއްކަމަށެވެ. އަދި އެކަން ނުކޮށް، އެސަރަހައްދު ދޫކޮށްލަން ޗައިނާއިން ބާރު އެޅިޔަސް އެކަން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގައި ފަހަކަށް އައިސް ޗައިނާއާއި ފިލިޕީންސްއާއި ދެމެދު ކުރިމަތިލުންތައް ހިނގުން ވަނީ އިތުރުވެފައެވެ. އަދި ބޮޑު ހައިޖާނަކަށް މިކަން ވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ފިލިޕީންސްގެ ދިފާޢީ ވަޒީރުގެ ބަސްފުޅާ ގުޅިގެން ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްއާއި ޗައިނާ ކުރިމަތިލާ ކޮންމެ ފަހަރަކު އިސްވެ ގޯސް ހަދަނީ ފިލިޕީންސް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.