ބަންކަރިން ފެށުމުގެ ތެރެއިން
ހަބަރު
14 Nov 2024 | 13:58
ބަންކަރިން ވިޔަފާރިން މިހާރުވެސް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ވިޔަފާރިން މިހާރުވެސް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ލިބިއްޖެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި  ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިހާތަނަށް މިޑްޓާމް ބަޖެޓް ރިޕޯޓެއްގައި ޓޫރިޒަމް ސިނާއަތުން ނޫން ގޮތަކަށް އާމްދަނީ ލިބޭނޭކަމަށް ހިމަނާފައި ނުވާނޭކަމަށެވެ. ނަމަވެސް މިހާ ދަތީގައި އިގްތިސާދު ހިނގަމުންދަނިކޮށްވެސް އޯފްޝޯ ބަންކަރިން ހިދުމަތުން އެސްޓީއޯއަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ.

 ބަންކަރިން ހިދުމަތް ފެށިފަހުން މިވީ ދުވަސްތަކުގައި އާމްދަނީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ޑޮލަރު ލިބިފައިވާކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވެފައިވާއިރު، ބަންކަރިން ހިދުމަތް ހުއްޓިފައިވާކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެމްޕީއެލްއާއެކު އެސްޓިއޯއިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

ބަންކަރިން ހިދުމަތަށް އެސްޓިއޯއިން 15 އާއި 20 މިލިއަނާ ދެމެދުގެ އަދަދެއްގެ އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ކުރިއަށްގެންދަނީ ބަންކަރިން ހިދުމަތުގައި ފާހަގަކޮށްލެވޭ ވިޓޯލް އާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތާ ގުޅޭގޮތުން އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވެފައިވަނީ، މި ހިދުމަތް ފުރަތަމަ ފަށައިގަންނާނީ ދެ ބާވަތެއްގެ ކާގޯއިން ކަމަށާއި އެއީ ޑީސަލް އަދި ލޯ ސަލްފާ ފިޔުލް އިން ކަމަށެވެ. އަދި ފުރަތަމަ މި ހިދުމަތް ދޭނީ ރާއްޖެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ ޔޮޓްތަކަށާއި، ބޮޑެތި ބޯޓްފަހަރުތަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަންކަރިން ހިދުމަތަކީ މި ސަރުކާރުން ހިންގުމަށް ރާވާފައިވާ އިޤްތިސާދީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.