ވަޒީރު ޝަފީޢު "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
14 Nov 2024 | 12:46
މިދިޔަ ސަރުކާރުން ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް ވަނީ އެކި ގޮތްގޮތުން ”އަނިޔާވެރިވެފައި“: ވަޒީރު ޝަފީޢު

ތަޢުލީމީ ދާއިރާއަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ މިދިޔަ ސަރުކާރުން ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް އަނިޔާވެރިވެފައިވުން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާއިން ގެނެސްދިން ”ހަފްތާ 52“ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ވަޒީރު ޝަފީޢު ވިދާޅުވިގޮތުގައި، ނިމިދިޔަ ސަރުކާރުގައި 40 އެއްހާ ޕްރިންސިޕަލުން އެ ބޭފުޅުން ވަޒީފާ އަދާކުރަމުންދިޔަ ރަށް ނޫން އެހެން ރަށް ރަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ ކަމަކީ އަނިޔާވެރިވެފައިވުން. ސާޅިހަކަށް ސުކޫލުގެ ޕްރިންސިޕަލުން އެބޭފުޅުން މަސައްކަތް ކިރައްވާ ތަން ނޫން އެހެން ރަށް ރަށަށް ފޮނުވާލެވިފައި. އަނބިދަރިންނާއި ދުރަށް. އެ މަގާމު އެގޮތަށް ބަހައްޓާފައި އެހެން ރަށެއްގައި މަސައްކަތް ކުރަން މަޖުބޫރު ވެފައިވުން. 

ވަޒީރު ޝަފީޢު

އަދި ޓީޗަރުންނަށްވެސް އެކި ގޮތް ގޮތުން ބިރުދައްކައި، ”އަނިޔާވެރިވެފައިވާ“ ކަމަށް ވިދާޅުވިއެވެ. 

މިނިސްޓަރީ އޮފް އެޑިޔުކޭޝަނަށް އެކި ގޮތް ގޮތުން ލިބިފައިވާ މައުލޫމާތުން، 300 އެއްހާ ޓީޗަރުންނަށް، އެއްވެސް ހެއްކެއް ގަރީނާއެއް، މާބޮޑު ސާބިތުކަމެއް ނެތި އިންޒާރު ދެވިފައި، ބިރުދައްކާފައި 

ވަޒީރު ޝަފީޢު

މިއާއެކު ވަޒީރު ވިދާޅުވީ، ޓީޗަރުންނަކީ ދަރިވަރުންނަށް ކިޔަވައި ދިނުމުގެ އެންމެ މުހިންމު ޒިންމާ ކޮނޑުގައި އެޅިފައި ތިބޭ ފަރާތްތައް ކަމަށާ، އެހެން ކަމުން، ބިރުވެރި ކަމެއްގައި ތިބެގެން އެ ޒިންމާ އަދާނުކުރެވޭނެ ކަމަށާ، އަދި 40 ޕްރިންސިޕަލުން އެހެން ރަށްރަށަށް ބަދަލުކުރުމުން، ދެންތިބި ބޭފުޅުންނަށްވެސް ވާނެ ގޮތަކާމެދު އެ ބޭފުޅުން ވިސްނައި ނުތަނަވަސްވާނެ ކަމަށެވެ.

ކަންމިހެން ހުރުމުން، ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ 40 ޕްރިންސިޕަލުންނަށް އިންސާފް ހޯއްދަވައިދެއްވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވުއެވެ. އަދި ޕްރިންސިޕަލުން ”ތިއްބަވަންޖެހޭ ތަނަށް ބަދަލުކުރެވުފައި“ ވާނެ ކަމަށް ވިދާޅުވިއެވެ. 

އަދި އޭގެ އިތުރުން، މުވައްޒަފުންނަކީ ގަދަރުވެރި ބަޔަކަށް ހެދުމަށް، ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި އެއްވެސް މުދައްރިސަކަށް ބިރުދައްކާފައި ނުވަތަ އިންޒާރުދީފައި ނުވާނެ ކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.