އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ: ފޮޓޯ/ މިހާރު
ހަބަރު
14 Nov 2024 | 21:11
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، އަމަލު ކުރަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް އެކުލާވަލައި، މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިއަދު ގެޒެޓު ކުރެވުނު މި އުސޫލުގައި ބުނެފައިވާ ގޮތުން، މިފަދަ އުސޫލެއް އެކުލަވާލުމުގެ މަގުސަދަކީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރައްޖޭގެ ގާނޫނު އަސާސީއާއި ގަވައިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއް ކަން ކަށަވަރު ކުރުމެވެ. އަދި އެ ފަރާތްތަކަކީ ދީނީ އެއްބައިވަންތަކަމާއި ގައުމީ ވަޙްދަތު ދެމެހެއްޓުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

ހަމަ އެހެންމެ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އެމީހުންގެ ވަޒީފާގެ ޒިންމާތަކަށް ރައްކާތެރިކުރުމަށާއި ވަޒީފާއަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅައި، މަސައްކަތުގެ ދާއިރާގައި އަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުމަކީގެ މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، މިސްކިތްތަކުގެ އިމާމުންނަކީ އަޚުލާގީ ސިފަތައް ހިފަހައްޓާ، ސުލޫކު ރަނގަޅު، ނަމޫނާ ބަޔަކަށް ހެދުމާއި، އެއީ މުޖުތަމައު ބަލައިގަންނަ އާންމުން އިތުބާރު ކުރާ ބަޔަކަށް ހެދުން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގައި އިމާމުންނާއި މުދިމުންގެ ހެދުން ބަހައްޓަންވީ ގޮތާއި މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވަން އަމަލުކުރަންވީ ގޮތާއި އަޅުކަމާ ގުޅުން ހުރި ކަންކަމުގައި އަމަލުކުރަން ވީ ގޮތް ހިމަނާފައިވެއެވެ.

އެގޮތުން، ރަސްމީ ގަޑީގައި އެމީހުން އަޅާ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ހެދުމަކަށް ވާންޖެހޭއިރު، ޖީންސް ޓީޝާޓް ފަދަ ހެދުމެއްގައި އިމާމުވެ ނަމާދު ނުކުރުމަށް ބުނެފައިވެއެވެ. އަދި ގަޔަށް ބާރު އެއްޗެއް ނުލުމާއި، ބޮލުގައި އެއްޗެއް އެޅުމަށްވެސް ސަމާލުވުމަށް ވަނީ ބުނެފައެވެ. 

މީގެ އިތުރުންވެސް ގިނަ ކަންކަމުގެ ތަފްސީލު މި އުސޫލުގައި ވާއިރު، އެ އުސޫލާ ޚިލާފުވާ ކަމެއް ކޮށްގެން އިމާމެއްގެ ޝަކުވާ ހުށަހަޅައިގެން ނުވަތަ އަޚްލާގީ މިންގަނޑާ ޚިލާފު ކަމެއް މިނިސްޓްރީއަށް ފާހަގަވެގެން އެކަމެއް ތަހުގީގުކުރުމަށް ފަހުގައި ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އުސޫލުގައިވެއެވެ.

އަދި މައްސަލައިގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން އިމާމުވެ ނަމާދުކުރުމުން ދުރުކުރުމުގެ ހުއްދަ ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ