ޓާޝިއަރީ ފެންވަރަށް ތަރައްގީކުރެއްވުމަށްފަހު ރައީސް ޑރ.މުއިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައިދެއްވަނީ.. ފޮޓޯ/ރައީސް އޮފީސް
ހަބަރު
15 Nov 2024 | 22:07
ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ރައީސް ޑރ.މުއިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ރައީސް ޑރ.މުއިއްއްޒު ރަސްމީކޮށް ހުޅުވައިދެއްވާފައިމިވަނީ 6 އަހަރެއްހާ ދުވަސްވަންދެން އެތަނުގެ ބައެއް ހިދުމަތްތައް ހުއްޓި ހުރުމަށްފަހު، މިދިޔަ ދުވަސްތަކުގައި އެތަން ޓާޝިއަރީ ފެންވަރަށް ގެނެސް ހުޅުވުމަށް ކުރެވުނު ގިނަ މަސައްކަތްތަކަކަށްފަހުއެވެ.

މިކަމަށްޓަކައި މިރޭ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ރަޖިސްޓްރީއާ ހިންގުމުގެ ހުއްދަ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ.

 ހޮސްޕިޓަލްގެ ރަޖިސްޓްރީއާ ހިންގުމުގެ ހުއްދަ ރަސްމީކޮ ހަވާލުކުރުމުގެ ތެރެއިން.. ފޮޓޯ/ ރައީސް އޮފީސް

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމިނުގެ ވެރިކަމުގައި ތަރައްޤީކުރި ހޮސްޕިޓަލެކެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ހޮސްޕިޓަލުގެ ބޭނުން ކޮށްފައެއް ނުވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ގިނަ ފަންގިފިލާތައް ބޭނުންކޮށްފައިވަނީ ގުދަނުގެ ގޮތުގައެވެ.

ހޮސްޕިޓަލްގެ ބައެއް މުހިއްމު ތަންތަން ބޭނުންނުކުރުމުގެ ސަބަބުން މެޝިނަރީސްތައް ހަލާކުވެފައިވާކަން ފާހަގަކުރތައްވަމުން މިނިސްޓަރު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް އައު ހިދުމަތްތަކާއެކު ފެށުމަށް ބޮޑު ހޭދަތަކެއްވެސް ކުރަން ޖެހުނު ކަމަށެވެ. 

ދަރުމަވަންތަ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށްފަހު މިރޭ ހުޅުވިއިރު، އެ ހޮސްޕިޓަލުގައި ހައިބްރިޑް ކެތްލެބަކާއި، ކުޑަކުދިންނަށް ފަރުވާދިނުމަށް ހާއްސަ އިމަޖެންސީ ރޫމެއް ވަނީ ގާއިމްކޮށްފައެވެ.

އައިީއެމްއެޗް ކައިރީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ފަންގިފިލާގެ މި ހޮސްޕިޓަލް ތަރައްޤީކުރުމަށް ވަނީ 200 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.