ފީފާ ކުލަބު ވޯލްޑްކަޕް ޓްރޮފީ
ކުޅިވަރު
15 Nov 2024 | 22:20
ކްލަބް ވޯލްޑް ކަޕް ޓްރޮފީ ފުރަތަމަ ފަހަރަށް ދައްކާލައިފި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ބާއްވާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އައު ޓްރޮފީ ފުރަތަމަ ފަހަރަށް މިއަދު ދައްކާލައިފި އެވެ.

ލަގްޒަރީ ޖުވެލަރީ ހެދުމަށް މަޝްހޫރު ޓިފަނީ އެންޑް ކޯ އިން ތައްޔާރުކުރި މިޓްރޮފީ ފަރުމާކޮށްފައިވަނީ ފުޓްބޯޅައިގެ މުއްސަދި ތާރީޚުތައް ރަމްޒުވާ ގޮތަށް ރަނުން ހަދާފައިވާ ބޮޅުތަކެއް ވަށައިގެން އެނބުރޭ ގޮތަށެވެ. އަދި މިޓްރޮފީ އާންމުކޮށް ދައްކާލުން އޮތީ ސްވިޒަލޭންޑްގެ ޒިއުރިކްގައިއެވެ. އަދި މިޓްރޮފީގައި ފީފާގެ މެމްބަރު 211 އެސޯސިއޭޝަނުގެ ނަން ހިމަނާފައިވާއިރު، ޖުމްލަ 13 ބަހަކުން މި ޓްރޮފީގައި ވަނީ ލިޔެފަ އެވެ.

އެމެރިކާގައި 15 ޖޫން 2025 އިން 13 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްގެންދާ މިމުބާރާތުގައި 32 ކުލަބަކުން ވާދަކުރާއިރު، އެމެރިކާގެ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގައި މި މުބާރާތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ މިއީ އޭގެ ޒާތުގައި ވަރަށްވެސް ބޮޑު އަދި ތާރީޚީ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ގުރުއަތުލުން އަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު އެމެރިކާގެ މަޔާމީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ފީފާ އިން އަލަށް ބާއްވާ މި މުބާރާތުގެ ޓްރޮފީ ދައްކާލުމަށް އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި އަށްޑިހަ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.