އަކުއާ ފިޓްނެސް ފެސްޓް ހަރަކާތުގެ ތެރެއިން..
ހަބަރު
15 Nov 2024 | 22:40
އެސްޓީއޯ އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހަކުރުބައްޔާއި ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

ބައިނަލް އަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ މެޑިކަލް ސާވިސަސް އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މިއަދު ވަނީ "އަކުއާ ފިޓްނެސް ފެސްޓް" ނަމުގައި އެކްޓިވް ބީޗް ހަރަކާތްތަކެކެއް ހުޅުމާލޭގައި ބީޗްގައި ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓުގައި ހުޅުމާލޭގައި މަސައްކަތް ކުރާ ކޯޕަރޭޓް އޮފިސްތަކުގެ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

މި ފެސްޓްގެ މައިގަނޑު މަގްސަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުންކަމަށް އެސްޓިއޯއިން ބުނެއެވެ. މިގޮތުން އެކި ޓީމްތަކަކަށް ބަހާލައިގެން މި ފެސްޓްގައި ބޭއްވުނު އެކްޓިވް ހަރަކާތްތައް ރާވާ ހިންގާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީބާރުގެ ބެލުމުގެ ދަށުންނެވެ.

އަކުއާ ފިޓްނެސް ފެސްޓް ހަރަކާތުގެ ތެރެއިން..

މި ފެސްޓްގައި އެސްޓީއޯއިން ވަނީ ބޭނުންކުރަން ފަސޭހަ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓަރ ކުރާ ޑިވައިސްއެއް ތައާރަފްކޮށްފައެވެ. މި ޑިވައިސް އަކީ ގޭގައި ވެސް ބޭނުންކުރަން ފަސޭހަ، ސްމާޓް ޑިވައިސް އެކެވެ. މިގޮތުން މި ޑިވައިސް ސްމާޓް ފޯނާއި ކަނެކްޓް ކޮއްލުމަށްފަހު ހަކުރު މޮނިޓަރ ކުރުމުން އޮޓޯ އިން ހަކުރު ހުރިވަރު ފޯނުގައި ރައްކާކުރެވޭނެއެވެ. މި ގޮތަށް ސްޓޯ ކުރެވޭ މައުލޫމަތުތަކަކީ އަމިއްލަ އަށް އަދި ޑަކްޓަރީ ފަރުވާ ހޯއްދަވާއިރު ހަކުރު މެނޭޖްކޮށް މޮނިޓަރ ކުރުމަށް ވަރަށް މުހިއްމު މައުލޫމާތުތަކެކެވެ. އެސްޓީއޯ އިން އަލަށް ތައާރަފް ކުރި މި ބްލަޑް ގްލޫކޯޒް މޮނިޓަރިން ޑިވައިސް އަކީ ކޮރެޔާގެ ބްރޭންޑެއް ކަމުގައިވާ އެސްޑީ ބަޔޯސެންސަރ ބްރޭންޑްގެ ޑިވައިސްއެކެވެ.

އެސްޓިއޯއިން ތައާރަފްކުރި ޑިވައިސް

އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބައިނަލް އަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ޕްރޮގްރާމްގެ ދަށުން 14 ނޮވެމްބަރ 2024 ގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގެ މުވައްޒަފުނަށްވެސް ހެލްތް ސްކްރީނިންގ ސެޝަންއެއް ވަނީ ކުރިޔައްގެންގޮސްފައެވެ. މި ސެޝަަންގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދެވިފައިވާ ހިދުމަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށް ފަހު ހެލްތް ގައިޑެންސް ދިނުން ހިމެނެއެވެ.

އަކުއާ ފިޓްނެސް ފެސްޓް ހަރަކާތުގެ ތެރެއިން..

މީގެ ތެރޭގައި ހަކުރު މެނޭޖް ކުރުމަށް ގެނެވިދާނެ ލައިފްސްޓައިލް ޗޭންޖެސް، ޑައިޓް ޕެލޭންސް، އެކްސަސައިޒް އަދި އިތުރު ބޭނުންތެރި މައުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ.

އެސްޓީއޯއިން ބުނީ މި ހެލްތް ސްކްރީނިން ސެޝަން އާންމުނަށް ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އާއްމުނަށް މި ސެޝަން ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހު މެންދުރު 13:30 އިން 15:30 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ ކުރިމަތީގައެވެ.

 ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެން ރާވައިފައިވާނީ ޑައިބެޓިކް ޕޭޝެންޓުންނަށް ހާއްސަ ސެޝަންއެއް ބޭއްވުމަށެވެ. މި ސެޝަންގައި ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ މުހިއްމު ސިއްހީ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެސްޓިއޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.