ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު، ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމުގެ ޝަރަފް ލިބިގަންނަނީ... ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Nov 2024 | 16:25
ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްފަހު ހުޅުމާލެ ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފި

އިތުރު ހިދުމަތްތަކާއެކު، ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަށް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރި އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުތަކާ އެންއައިސީޔޫގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ވަނީ އެކަމުގެ ރަސްމީ ލިޔުން ހުޅުމާލެ ހޮސްޕިޓަލާ ހަވާލުކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ މިއަދު އެ ހޮސްޕިޓަލުގައި އަލަށް ގާއިމްކުރި ހިދުމަތްތަކާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި އޮޕަރޭޝަން ކޮމްޕްލެކްސް ސެންޓަރުގެ އިތުރުން އައިސީޔޫ އަދި އެންއައިސީޔޫ ތަރައްޤީކޮށްފައިވަނީ، ޒަމާނީ މެޑިކަލް ވަސީލަތްތަކާއެކުގައެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުވިކަމުގެ ރަސްމީ ލިޔެކިޔުން ހަވާލުކޮށްދެއްވުމުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް

މީގެ ތެރެއިން  އަލަށް ގާއިމްކުރި އޮޕަރޭޝަން ކޮމްޕްލެކްސްގައި އޮޕަރޭޝަންތައް ކުރުމަށް 4 ތިއޭޓަރު ވަނީ ގާއިމްކޮށްފައެވެ.  އައިސީޔޫގައި 10 އެނދު ހިމެނޭއިރު، އެންއައިސީޔޫ ޔުނިޓް ތަރައްޤީކޮށްފައިވަނީ 14 އެނދު ހިމަނައިގެންނެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަލަށް އިތުރުކުރެވުނު ހިދުމަތްތަކާއެކު މިހާރު އެހެން ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވަމުންދާ އަދަދު ވަރަބޮޑުތަނުން މަދުވެގެން ދާނޭކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލެތް މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް ތަރައްޤީކޮށްގެން މެނުވީ މާލޭގެ ސިއްހީ ނިޒާމަށް މިއަދު އޮތް ބުރަ ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ސިއްހީ ނިޒާމު ރަނގަޅުކޮށްގެން މެނުވީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގައި މިއަދު މިއޮތް ކަންބޮޑުވުމަށް ހައްލު ލިބިގެން ނުދާނޭކަމީ އަދުގެ ސަރުކާރުން ގަބޫލުކުރާ ސިޔާސަތު ކަމަށެވެ. މިކަންކަން ކުރުމަށް ސަރުކާރުން ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ... ފޮޓޯ/ ރައީސް އޮފީސް

އާސަންދަ ނިޒާމާ ގުޅޭގޮތުން މިއަދުވެސް މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމު މިހާރު އޮތީޫ އެންމެ ރަނގަޅަށް ނޫންކަމަށެވެ. މިގޮތުން މިހާތަނަށް އާސަންދައަށް ކަނޑައެޅިބަޖެޓުން އަހަރު ނިމިގެންދާއިރުވެސް ނުފުދޭކަމީ މި ނިޒާމު ރަނގަޅު ނޫންކަން ފެންނަން އޮތް ހަގީގަތެއްކަމަށާއި، މިއީ ރައްޔިތުންގެ ފައިދާއާ ލާބައަށް ކުރިއަށްދާ ނިޒާމެއް ނޫންކަން ވަރަށް ރަނގަޅަށް ދޭހަވެގެންދާކަމަށެވެ. 

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއްވެސް އަހަރެއްގައި އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުން ނުފުދި ކޮންމެ އަހަރަކު އެއަށް ފައިސާ އަޅައަޅައި ތިބެންޖެހުުގެ ސަބަބުން މުޅި ނިޒާމްވަނީ ދައުލަތުގެ އިގްތިސާދަށް ބޮޑު ބުރައަކަށް ވެފައި

ހެލްތު މިނިސްޓަރު ނާޡިމް ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ ދިވެހިރައްޔިތުން އެދެނީ އާސަންދަ ނިޒާމް އެންމެ ބޭނުންވާ މީހާއަށް ދިނުންކަމަށާއި، އެކަން އެމަގުން ގެންދިއުމަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ މީގެ 20 އަހަރުކުރިން ހުޅުވި ހޮސްޕިޓަލެކެވެ. ހުޅުމާލެ ހޮސްޕިޓަލަކީ މިހާރު އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަ އެއް ހޮސްޕިޓަލެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަވަސް ފަރުވާގެ ހާލަތުގައި މިހާރު އެންމެގިނަ މީހުން ދައްކަން އަންނަ ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.