ރައީސް ޞާލިޙް އާއި ރައީސް މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
17 Nov 2024 | 10:00
ފަހުވަގުތުގައި ރައީސް މުޢިއްޒަށް ލިޔުއްވި ސިޓީގައި، ބޭނުންވާ ކަންކަން ނުވާނެ ވަގުތު އަންނާނެ ކަމަށް ދެންނެވިން: ރައީސް ޞާލިޙް

ވެރިކަން ނިންމަވާލައްވައި، ގެއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީފުޅެއް ލިޔުއްވި ކަމަށާ، އެސިޓީފުޅުގައި، އެމަނިކުފާނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައިވާނެ ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރެވުނު ތަޖުރިބާއާއި، ވެރިކަން ކުރެއްވި އިރު ކުރިމަތިވި ދަތިތަކާއި، ވެރިކަން ކުރަންޖެހޭގޮތް، އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި، ދެން އަންނަ ބޭފުޅަކަށް ހިއްސާ ކޮށްލުމަށް، ނޯޓް ކޮށްލަންޖެހޭނެ ކަމަށް ދެކެވަޑައިގެން ރައީސް މުޢިއްޒަށް ސިޓީފުޅެއް ލިޔުއްވި ކަމަށެވެ.

އަދި އެ ސިޓީފުޅު ރައީސް މުޢިއްޒަށް ލިބޭނެކަން ޔަގީންކުރެއްވި ކަމަށެވެ. 

ރައްޔިތުންގެ މަސްލަޙަތު އިސްކުރަންޖެހޭނެ ކަމާއި، މަޝްވަރާ ކުރަންޖެހޭނެ ކަމާއި، އިސްލާމީ އުސޫލުތަށް ނަގަހައްޓަން ޖެހޭނެ ކަމާއި، އިސްކުރަންޖެހޭނީ ގައުމީ މަސްލަހަތު ކަމާ، ދަތި އުނދަގޫ ދަނޑިވަޅު އަންނާނެ ވާހަކައާއި، ތިމާ ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނެ ދަނޑިވަޅު އަންނާނެ ކަމާއި، އަދި ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް ކަންކަން ނިންމަންޖެހޭނެ ކަމާ، އެހުރިހާ ވާހަކައެއް އަޅުގަނޑު، (ލިޔުނިން)

ކުރީގެ ރައީސް ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، އެ ސިޓީފުޅުން ކޮންމެވެސް ވަރެއްގެ އިބްރަތެއް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. 

ރައީސް ޞާލިޙްގެ ސިޓީ

މިއަދުގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވަނީ އަދުގެ ސަރުކާރުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.