ފައްޔާޒް އިސްމާއިލް-- ފޮޓޯ: ވޮއިސް
ހަބަރު
17 Nov 2024 | 10:35
އިޒްރޭލު ޕާސްޕޯޓްގެ ބިލު ފާސްކުރިޔަސް ނުކުރިޔަސް ސަރުކާރުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެ: ފައްޔާޒު

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލު ފާސްކުރިޔަސް ނުކުރިޔަސް ސަރުކާރުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިގޮތުން ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް އަހަރުދުވަސް ވާއިރު ދޮގު ހަދައި އޮޅުވައިލުން ހުއްޓާލައި ބިލާ މެދު ގޮތެއް ނިންމެވުމަށް ގޮވާލައްވާފައެވެ.

ފައްޔާޒް ވިދާޅުވީ، އޮކްޓޫބަރު 16 ގައި މަޖިލީހަށް ހުށަހަޅައި 20 ދުވަސް ތެރޭ ޓެކްސް ބޮޑުކުރިކަމަށާއި،  ދުންފަތް އަގުބޮޑުކޮށް 21 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށިއިރު، ވޭޕް މަނާކުރަން ބޭނުންވުމުން މަޖިލިސް ތެރެއިން ނިންމައި އެކަން ތަންފީޒު ކުރަން ހޭދަވީ 30 ދުވަސް ކަމަށެވެ.

އެހެންނަމަވެސް، ޖޫން 2 ގައި ސަރުކާރުން އިއުލާނުކުރި ގޮތަށް އިޒްރޭލު ޕާސްޕޯޓު އަދިވެސް މަނާ ނުކުރެވޭ ކަމަށާއި، ސަރުކާރުގެ ނިންމުމަށް ފަހު 166 ދުވަސް ހޭދަވެފައިވާކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ޖޫން 10 ގައި މަޖިލީހަށް ބިލު ބަލައިގަނެ 241 ކޮމިޓީގައި "ތަޅު އަޅުވާފައި" އޮންނަތާ 158 ދުވަސް ހޭދަވެއްޖެކަމަށާއި، ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރާއިރު، ބިލަށް ގޮތެއް ނުނިންމައި ބާއްވާފައި އޮންނަތާ ފަސް މަސް ފާއިތުވެއްޖެކަމަށެވެ.

ފެންނަމުންދަނީ ސަރުކާރު އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، އެކަމަށް ގޮތެއް ނުނިންމައި ތިބެ އަވަސް ކުރަން ގޮވާލައި ބަޔާން ނެރެ، ރައްޔިތުންނަށް ޕީއެންސީން އޮޅުވައިލާތަންކަމަށާއި، ދިވެހި ދިދަޔަށް ނޫނީ ބޯނުލަބާން ވިދާޅުވެ އެމެރިކާގެ ދިދަޔަށް ބޯލަބަންޖެހުނީތޯ ސުވާލު އުފެދޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.