އެމްޑީޕީގެ ބައެއް އިސް ބޭފުޅުން: ފޮޓޯ/ ވޮއިސް
ހަބަރު
17 Nov 2024 | 10:43
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ހަތަރު ފަސް ބޭފުޅަކު އެބަ ތިބި: ރައީސް ޞާލިޙް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ހަތަރު ފަސް ބޭފުޅަކު ތިބި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި ކުރިމަގާ ބެހޭގޮތުން ޕާޓީގެ އިސްވެރިންނާ ވާހަކަދައްކަވާފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މިހާރު ޕާޓީގެ ލީޑާޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިއާއެކު އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުވެރިވެވަޑައިގެންނަވާ ފަސް ވަރަކަށް ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

ޕާޓީ ތެރެއިން ކުރިމަތިލާން ބޭނުންފުޅުވާ ހަތަރު ފަސް ބޭފުޅަކު މިހާރު ވެސް އެބަ ފެނޭ. ވަރަށް ރަނގަޅު ކަމެއް އެއީ. ވާދަވެރި އިންޓާނަލް މަސައްކަތްތައް ކުރުން. އެކަމަކު އަޅުގަނޑު އެ ހުރިހާ ބޭފުޅުންގެ ކިބައިން ވެސް އެންމެ އެދޭ ކަމަކީ ޕާޓީ ހިންގުމުގައި ހުރިހާ ބޭފުޅުން ޝާމިލުވެވަޑައިގަންނަވަން. އަމިއްލަ އިންޓްރެސްޓް އޮންނާނެ، އެކަމަކު އެއާ އެކު، ޕާޓީއައިގެން ކުރިއަށް ވަޑައިގަންނަވާށޭ

ކުރީގެ ރައީސް ޞާލިޙް

ރިޔާސީ ކެންޑިޑޭޓުންނަށް ވާން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް ޞާލިޙު ވިދާޅެއްނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެމްޑީޕީގެ ފަސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ޞާލިޙް ހާމަކުރެއްވި އިރު، އެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވެސް ވަނީ ހާމަ ކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.