ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Nov 2024 | 12:38
ޚާރިޖީ ސިޔާސަތުތަކުން ލުއިތަކެއް ދަނީ ލިބެމުން، ދުނިޔެވެސް ރައީސްގެ ސިޔާސަތުތައް ބަލައިގެންފި: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބެމުންދާކަމަށާއި، މުޅި ދުނިޔެވެސް އެމަނިކުފާނުގެ ސިޔާސަތުތައް ބަލައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރެއް ފުރުމާއި ދިމާކޮށް، ދައުލަތުގެ މީޑިއާ ޕީއެސްއެމުގެ "ހަފްތާ 52" ލައިވް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހިންގުމަށް ދަތިވާ މިންވަރަށް ދަރަނި ނަގާފައި ހުރުންކަމަށާއި، މިކަމުގައި ގައުމުތަކާ ގާތްގުޅުމެއް ބާއްވައިގެން މަސައްކަތްކޮށް، ސަރުކާރުން ކުރިއެރުންތައް ހޯދާފައިވާކަމަށެވެ.

މިގޮތުން، ދަރަނި ދައްކަންހުރި ގައުމުތަކާއެކު ގުޅުންތައް ބަދަހިވެފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މި ކާމިޔާބީތައް ލިބެމުންދަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

"ދަރަނި ދައްކަންހުރި ގައުމުތަކާއެކު ގުޅުންތައް ބަދަހިވެއްޖެ، ޚާރިޖީ ސިޔާސަތުގެތެރެއިން ވަރަށް ބޮޑެތި ލުއިތަކެއް ދަނީ ލިބެމުން، މިވެސް ކާމިޔާބީތަކެއް، މި ކާމިޔާބީތައް ލިބެމުންދަނީ އަޅުގަނޑުގެމެންގެ ޚާރިޖީ ސިޔާސަތުތަކުން، ދުނިޔެވެސް ބަލައިގަނެފި ރައީސްގެ ސިޔާސަތުތައް،"

ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒަކީ ވިސްނުން ހެޔޮ، ބުއްދި އިސްކުރައްވާ، ކަމެއް ދިމާވިޔަސް މަޝްވަރާކުރައްވާ އަދި ކެބިނެޓުގެ ލަފާފުޅުތައްވެސް އަބަދުވެސް ހޯއްދަވާ ރައީސެއް ކަމަށެވެ. އެހެންކަމުން ރައީސް ޑރ.މުޢިއްޒާއިއެކު މަސައްކަތްޕުޅު ކުރައްވަން ވަރަށް ފަސޭހަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުންދަނީ އިޖުތިމާއީގޮތުން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށްވެސް ދާއިމީ ހައްލުތަކެއް ހޯދައިދިނުމަށް ކަމަށާއި، މިހާރު ސަރުކާރުން ގެންނަ ބަދަލުތަކާއެކު ގައުމުގެ މިސްރާބު ހުރީ އެމަގަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.