އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން
ހަބަރު
17 Nov 2024 | 16:06
އެއްއަހަރު ތެރޭގައި، ގަވާއިދާ ޚިލާފް 5000 ބިދޭސީން ޑިޕޯޓް ކުރެވިއްޖެ؛ މިއީ ރިކޯޑެއް: ޝަމްޢާން

އެއް އަހަރު ތެރޭގައި، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ 5000 ބިދޭސީން ޑިޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވިދާޅުވެއްޖެއެވެ.

އައު ސަރުކާރަށް މިއަދު އަހަރެއް ވެފައިވާއިރު، ވޭތުވެދިޔަ އަހަރު ތެރޭގައި އިމިގްރޭޝަންއަށް ހޯދިފައިވާ ކާމިޔާބީ ހިއްސާކުރައްވައި ޝަމްޢާން ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 5000 ބިދޭސީން ވަނީ ޑިޕޯޓްކުރެވިފައެވެ. މިއީ އިމިގްރޭޝަންގެ ތާރީޚުގައިވެސް ރެކޯޑު އަދަދެކެވެ.

‏17 ނޮވެމްބަރ 2023 އިން ފެށިގެން ފާއިތުވެދިޔަ 1 އަހަރު ތެރޭ ޤަވާއިދާ ޚިލާފަށް އުޅޭ 5000 ބިދޭސީން ފުރުވާލާ ޓާރގެޓް ވަނީ ހާސިލް ކުރެވިފަ. މިއީ އިމިގްރޭޝަން ތާރީހުގައި ވެސް ރެކޯރޑް އަދަދެއް.  

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން

މި މަސައްކަތުގައި އިމިގްރޭޝަނަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީއަށް ޝަމްޢާން ޝުކުރު އަދާކުރެއްވިއެވެ.

ޝަމްޢާން އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. 

އަދި މި ފުރުޞަތުގައި އިމިގްރޭޝަނުން ދޭން ބޭނުންވާ ޔަގީންކަމަކީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބޮޑުވެފައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އިމިގްރޭޝަންގެ އެންމެހައި އޮފިސަރުން އެއް އަޒުމެއްގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.

ޝަމްއާން މިހެން ވިދާޅުވެފައި ވާއިރު، މި ސަރުކާރަށް ވީ އެއް އަހަރު ތެރޭގައި،  ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށް، ބިދޭސީން ޑިޕޯޓްކޮށް، އެމީހުން ގަވާއިދާ ޚިލާފަށް ހިންގަމުންއައި ވިޔަފާރިތައް ބަންދުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.
26 Aug 2026
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ސަރުކާރުން މަރުޙަބާ ލ
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީއަށްޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.
26 Aug 2026
"ސެކިއުރިޓީ ރައުންޑްޓޭބަލް 2026" ވައިސް ޗާންސެލަރ އިފްތިތާޙުކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ސެކިއުރިޓީ ރައުންޑްޓޭބަލް 2026" އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިފްތިތާޙުކޮށްދެއްވައިފިއެވެ.
26 Aug 2026
މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންތަކެއް އެމްއެންޔޫއަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު އޮތް އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ޚާއްޞަ ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު ރާއްޖެ އަތުވެއްޖެއެވެ.
26 Aug 2026
އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
އުރީދޫ މަސް ރޭސް 2026 މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެއެވެ. 16 ޓީމު ވާދަކުރާ މި މުބާރާތުގައި ޖުމްލަ 43000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވެއެވެ.