ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަމުންދާ ޖަލްސާގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
17 Nov 2024 | 21:38
އަންނަ ރޯދަމަހު، ކޮންމެ ގޭބިސީ އަކަށް ހިލޭ މަސްދަޅު ކޭހެއް ލިބޭނެ: ރައީސް މުޢިއްޒު

ކުރިއަށް އޮތް ރޯދަމަހު، ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީ އަކަށް މަސްދަޅު ކޭހެއް ދޭން ނިންމަވާފައިވާކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ސަރުކާރަށް އަހަރުވުމުގެ މުނާސަބާ ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ އެ ޖަލްސާގައި ނިމިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި، ދައުލަތުގެ ހިލޭ އެހީގެ ދަށުން ރައްޔިތުންނަށް ދެވިފައިވާ ބައެއް އެހީތަކާއި، އަދި ދެވުނު ބައެއް ލުއި ތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން ނިމިދިޔަ މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާޑުގެ ބާވަތްތައް ދިންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް އެސްޓީއޯއަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

82،000 ގޭބިސީ އަކަށް، 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދިނިން (މިދިޔަ ރޯދަމަހު). ކުރިއަށް އޮތް ރަމަޟާންމަހު އަޅުގަނޑުމެން ގަސްތުކުރަނީ، އެސްޓީއޯގެ އެމްޑީއަށް އަޅުގަނޑު ދަންނަވައިފިން، ކާޑުގެ ބަދަލުގައި، ކޮންމެ ގެއަކަށް މަސްދަޅުކޭސް ހިލޭ ދޭނެ

ރައީސް ޑރ މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ، ނިމިދިޔަ ރަަމަޟާން މަހުގެ ތެރޭގައި ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދެވުނުކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން 142 މިލިޔަން ރުފިޔާގެ ޑިސްކައުންޓް ދެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ހަމައެހެންމެ، ފާއިތުވެދިޔަ ސަރުކާރުގެ ފަސްއަހަރުގައި ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ދިނީ އެންމެ ކުއްޖަކަށް ކަމަށާ އެހެން ނަމަވެސް މި ސަރުކާރުގައި އެ ފުރުސަތު 14 ކުއްޖަކަށް ފަހިކޮށްދެއްވާފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރުން މީގެ ކުރިން، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން އަޅާފައިވާ ގެދޮރުގެ ކުއްޔަށް ލުއިދެއްވައި ޖޫރިމަނާތަކަށް މައާފްދެއްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ