ބޭރަށް ފުރާ ދަތުރުވެރިންގެ ބަޔަކު، ބީއެމްއެލުން ޑޮލަރު ނަގަނީ..
ހަބަރު
17 Nov 2024 | 21:35
ޑޮލަރު މާރުކުރުން ގަވައިދާ އެއްގޮތަށް ކުރިއަށްދާނަމަ، ފުރާމީހުންނަށް ދޫކުރާ ޑޮލަރު އިތުރުކުރަނީ

ޑޮލަރު މާރުކުރުން ގަވައިދާ އެއްގޮތަށް ކުރިއަށްދާނަމަ، އެކި ބޭނުންތަކުގައި ރައްޔިތުންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ކުރިއަށް، ހަފްތާ 52 ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ހަމަޖެހިފައިވާ ގަވާއިދުގެ ތެރެއިން ޑޮލަރު މާރުކުރުމުގެ ކަންކަން ކުރިއަށްދާނަމަ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބޭރަށްފުރާ ދިވެހިންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރާނޭ ކަމަށެވެ. މިގޮތުން ސަރުކާރުން ނިންމާފައިވަނީ މިހާރު ދޫކުރަމުން އަންނަ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޭރަށްފުރާ މީހުންގެ އިތުރުން ކްރެޑިޓްކާޑަށް ދޫކޮށްފައިވާ ޑޮލަރު ލިމިޓްވެސްަ 1،400 ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. 

ހަފްތާ 52 ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން..

ރައީސް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބުނުއިރު، ބޭންކަށް މާރުވީ އޭގެ 1.5 އިންސައްތަ ކަމަށެވެ. ޑޮލަރު މާރުކުރުމުގެ އައު އުސޫލުގެ ދަށުން މާރުކުރަމުންދާނަމަ، ޑޮލަރުން ލިބޭ އާމްދަނީގެ 15 ނުވަތަ 20 އިންސައްތަ ބޭންކަށް ވަންނާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ އައު ގަވާއިދާ އެއްގޮތަށް އަމަލުކުރަން ފެށުމުން ޑޮލަރު ލިބުމުގެ މައްސަލައަށް ހައްލެއް ލިބި، ދައުލަތުގެ ކުންފުނިތަކަށްވެސް އޭގެ މަންފާ އެންމެ ރަނގަޅަށް ކުރަމުންދާނޭކަމަށެވެ. 

ދައުލަތުެގ ބައިތުލްމާލަށް މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 950 މިލިއަނެއްހާ ޑޮލަރު ލިބުނުއިރު، އެއަށްވުރެ މާބޮޑަށް ޑޮލަރުން ހޭދަކުރަންޖެހޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހަމައެކަނި ހަކަތައިގެ ގޮތުގައި ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރުމަށް އެކަނިވެސް 753 މިލިއަން ޑޮލަރު ބޭނުންވާކަމަށެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ބާވަތްތައް ގަތުމަށް 675 މިލިއަން ޑޮލަރު ބޭނުންވާއިރު، ކިޔަވާކުދިންނަށް އެކަނިވެސް 37 މިލިއަން ޑޮލަރު ބޭނުންވެއެވެ. އަދި އާއްމު ބޭނުންތަކަށް ބޭނުންކުރާ ކާޑުތަކަށްވެސް އަހަރަކު 200 މިލިއަން ޑޮލަރު ބޭނުންވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.