ރައީސް މުޢިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
18 Nov 2024 | 09:45
ފޯމު ނުފުރައި، ހަމައެކަނި އައިޑީކާޑުގެ އެއްފަޅި ހުށަހެޅި މީހުންނަށްވެސް ފުލެޓް ދީފައި އެބަހުރި: ރައީސް މުޢިއްޒު

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް، ކުރީ ސަރުކާރުން އާންމުކުުރި އިރު، ހަމައެކަނި އައިޑީކާޑެއް ހުށަހަޅައިގެން ފުލެޓް ލިބުނު މީހުންވެސް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، މިހާތަނަށް ބެލިބެލުމުން ފުލެޓް ދިނުމުގައި ފާހަގަކުރެވިފައި ހުރި އުސޫލާއި ހިލާފު ބައެއް ކަންކަމުގެ ތަފްސީލު ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައިވާކަމަށާ، އުސޫލާ ހިލާފަށް ކުރީ ސަރުކާރުގެ ސިޔާސީ ވެރީންގެ އާއިލަތަކަށް ފްލެޓް ދީފައިވާ ކަމަށެވެ.

އުސޫލާއި ހިލާފަށް، ސިޔާސީ ފަރާތްތަކުގެ އާއިލީ މީހުންނަށް ފްލެޓު ދީފައިއެބަހުރި. އުސޫލާއި ހިލާފަށް މި ދެންނެވި ނުފޫޒު ގަދަ އައިލާތަކުގެ، އެއް އާއިލާއެއްގެ އެތައް މެމްބަރުންނަށް ފްލެޓު ދީފައި އެބަހުރި، ޕޯޓަލްއަށް ހުށަހެޅި ފޯމުތަކުގެ އިތުރަށް ފްލެޓުދީފައި އެބަހުރި. މިއީކޮށްފައި ހުރި ކަންތައް. ފޯމު ހުށަނާޅައި، ހަމައެކަނި އައިޑީކާޑަށް ވެސް ފްލެޓުދީފައި އެބަހުރި. އަދި އައިޑީކާޑުގެ އެއްފަޅި. ދެން އެބޭފުޅުން ކޮން ވާހަކައެއްތޯ މި ދައްކަނީ. ޕޯޓަލްގެ ބެކްއެންޑުން މާކްޝީޓު ބަދަލުކޮށްފައި އެބަހުރި.

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވިގޮތުގައި، މި ސަރުކާރުން ފުލެޓް ލިސްޓް ނެރޭއިރު، އެމީހަކަށް ފުލެޓް ނުލިބޭ ސަބަބުވެސް ވަރަށް ސާފުކޮށް ލިސްޓުގައި ފެންނަން އޮންނާނެއެވެ.

"ގެދޮރުވެރީން ކޮމެޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ފްލެޓް ލިބޭ ގޮތަށް މާކުސް ބަދަލުކޮށްފައި އެބަހުރި. އެނގޭތޯ، މިއީ ކޮށްފައި ހުރި ކަންކަން. އަދަދުތަކާއެކު އަޅުގަނޑުމެން ލިސްޓް ނެރޭއިރުގައި ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ވަރަށް ދެފުށްފެންނަ ލިސްޓެއް ނެރޭނީ،"

ރައީސް ޑރ މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސް މުޢިއްޒު ވަނީ ފްލެޓް ދިނުމުގައި ނާއިންސާފު ވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފުލެޓް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ނެރުނީ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެ ލިސްޓާއި ގުޅިގެން 200 އެއްހާ ޝަކުވާ އޭސީސީއަށް ހުށަހެޅުމުން، އޭސީސީން ވަނީ އެ މައްސަލަތަކުގެ ތަހްގީގެއް ކޮށްފައެވެ.

އެ ތަހުގީގުން އެނގުނު ގޮތުން، ފުލެޓް ދިން މީހުންގެ %60 އެއްހާ މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ.

އެހެންކަމުން، ފުލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމެއް ރިއިވެލުއޭޓު ކުރުމުގެ މަސައްކަތް "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ"އިން ކުރަމުންދާއިރު، ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓަކީ ރަނގަޅަށް އެކުލަވައިލި ލިސްޓެއް ކަމުގައި ގަބޫލުނުކުރެވޭ ކަމަށް އެ ދެކޮމިޓީން ވެސް ވަނީ ބުނެފަ އެވެ.

އެ ލިސްޓް އާންމު ކުރާނެ ކަމަށް ބުނެ ކުރީން އެތަައް ތާރީހެއް ދީފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުވެސް އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް، އެދުވަހުވެސް ލިސްޓް ނުނެރެވި، މިނިސްޓްރީން ނެރުނު ބަޔާނެއް ވަނީ ފްލެޓަށް ހުށައަޅާފައިވާ 20،000 ވުރެ ގިނަ ފޯމް ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ވަކި ތާރީޚެއް ނެތި ލިސްޓް ނެރުން ފަސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.