އިބުރާ
ހަބަރު
18 Nov 2024 | 11:34
ބޭންކަށް ޑޮލަރު މާރުކުރަން އެންގުމަކީ ރަނގަޅުކަމެއް؛ އެއީ ޤާނޫނު ހަދައިގެންވެސް ކުރަންވީކަމެއް: އިބްރާހީމް އިސްމާޢީލް

ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރު ކުރުމަށް، ރިސޯޓް ތަކަށް ވަންނަ ޑޮލަރުން ބައެއް ރާއްޖޭގެ ބޭންކަށް މާރުކުރުމަށް އަދުގެ ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގާނޫނީ ވަކީލު އިބްރާޙީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ޑޮލަރު މާރުކުރުމަށް އެމްއެމްއޭއިން މިފަހުން އެކުލަވާލި އައު އުސޫލް ބަދަލުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މީގެ ތެރޭގައި ޗަމްޕާ މުހައްމަދު މޫސާ އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ހިމެނެއެވެ.

މިކަމާއި ގުޅިގެން އިބްރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަކީ ރައީސް ޑރ މުހައްމަދު މުޢިއްޒާއި ދެކޮޅު ނުވަތަ އެއްކޮޅު ބޭފުޅެއްވެސް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އޭނާ ހިތްހަމަ ނުޖެހޭ ކަންތައްތަކާއި ރަނގަޅު ކަންތައްތައްވެސް ކުރަމުންދާ ކަމަށެވެ.

‏ބެންކަށް ޑޮލަރު މާރުކުރަން އެންގުމަކީ ރަނގަޅުކަމެއް. އެއީ ޤާނޫނު ތަންފީޛު ކުރުން. ‏ޤާނޫނު ނެތިއްޔާ ހަދައިގެންވެސް ކުރަންވީކަމެއް.

އިބުރާ

އިބްރާގެ އެ ވާހަކައާއި ގުޅިގެން، ދައުލަތުން ބުނާވަރަށް ޑޮލަރު މާރުކުރުމުން، ދައުލަތުން ދޭ ދިވެހި ރުފިޔާއިން ރިސޯޓް އޯނަރުން ކުރާނީ ކީއްތޯއާއި، ސަޕްލަޔަރުންނަށް ޓީޓީ ހެދޭނެތޯ އާއި މުވައްޒަފުންނަށް މުސާރަ ދެވޭނެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެމުން އިބުރާ ބުނީ، ބެންކަށް ޑޮލަރު މާރުކުރުމުން ޓީ.ޓީ ހަދަން ބެންކަށް ދައްކާނީ ރުފިޔާ ކަމަށެވެ.

‏އަދި، މުސާރަދިނުމަށް ބެންކުން ޑޮލަރު ގަންނާނީ ކަމަށާ، އޭގެ ސަބަބުން ވޮޔަފާރިއަށްވާނީ ފަސޭހަ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން، ޑޮލަރުން އާމްދަނީ ނުލިބޭ މީހުނަށްވެސް ވިޔަފާރި ކުރެވޭނެ ކަމަށާ، ކާޑުން ވިޔަފާރިކުރަން ޑޮލަރު ލިމިޓެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ