ވަޒީރު އިހުސާން-- ފޮޓޯ: ވޮއިސް
ހަބަރު
18 Nov 2024 | 11:36
"ހޯޕް އައިލެންޑް" ގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށަން މިދަނީ މަސައްކަތްކުރަމުން: ވަޒީރު އިހުސާން

ކުށްކުރާ ކުޑަކުދިން އިސްލާހުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" ގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށަން މަސައްކަތް ކުރައްވަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިގޮތުން ވަޒީރު އިހުސާން ވިދާޅުވީ، ހޯޕް އައިލެންޑަކީ ކުށުގެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ގެންނާނެ ޕްރޮޖެކްޓެއް ކަމަށާއި، މި ކަމަށްޓަކައި، ދ.ވާނީ ހަމަޖައްސައި، ޑިޒައިންގެ މަސައްކަތް ނިންމާފައިވާކަމަށެވެ.

ކުރިއަށް އޮތް ތަނުގައި، މިއަހަރު ނިމުމުގެ ކުރިން އެތަން ކްރޮސް ސަބްސިޑީގެ އުސޫލުން އިންވެސްޓް ކުރާ ފަރާތެއް ހޯދާ، އެ ފަރާތަކަށް ޕްރޮޖެކްޓް އެވޯޑްކޮށް މި މަސައްކަތް ފަށަން އަމާޒުކުރައްވާކަން ވަޒީރު އިހުސާން ވަނީ ހާމަކުރައްވާފައެވެ.

"الله އިރާދަފުޅާއިއެކު ރައީސްގެ މިދައުރުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ދިވެހިން އެދޭ ވަރުގަދަ ހުވަފެނެއް މިއީ. ދިވެހިންގެ ވަރަށް ބައިވަރު މީހުންގެ އުންމީދު ތަކެއް. "ހޯޕް" ގުޅިފައި އޮތް ޕްރޮޖެކްޓެއް މިއީ. އެހެންވީމަ އެ ޑެލިވާ ކުރާނަން އަޅުގަނޑުމެން އިނގޭތޯ،"

ވަޒީރު އިހުސާން ވިދާޅުވިއެވެ.

އެކި ކުށްތަކަށް އަރައިގަންނަ ކުދިން ދައުލަތުގެ ބެލުމުގެދަށަށް ގެނެސް، އެކުދިން ރިހިބިލިޓޭޓް ކުރުމަށް ޚާއްސަ ފެސިލިޓީއެއް ވަކި ރަށެއްގައި ހެދުމަށް ނިންމާފައިވާކަން ވަޒީރު އިހުސާން ހާމަކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގައެވެ.

މިގޮތުން، އިހްސާން ވިދާޅުވީ، ދިގު މުއްދަތަށް ދައުލަތު ބެލުމުގެ ދަށަށް ކުދިން ނެގޭނީ، ގާނޫނުގެ ދަށުން، ކޯޓު ހުކުމެއްގެ ތެރެއިން ކަމަށެވެ.

ހޯޕް އައިލެންޑުގެ ގޮތުގައި ދ. ވާނީ ހަމަޖައްސާފައިވާއިރު، އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެކަމަށާއި، ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިތަނުގައި ދިރިއުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައިއުޅޭނެ ކަމަށާއި އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ނިންމާފައިވާކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.