ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ ދާޚިލީ ވުޒާރާ
ހަބަރު
18 Nov 2024 | 12:50
ކޮންމެ ގައިދީ އަކަށް، މަހެއްގެ މައްޗަށް 27،000 އެއްހާ ރުފިޔާ ހޭދަވޭ: އިޙްސާން

ޖަލު ބަންދުގައި ބަހައްޓާފައި ހުންނަ ކޮންމެ ގައިދީ އަކަށް، މަހެއްގެ މައްޗަށް 27،000 އެއްހާ ރުފިޔާ ހޭދަވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ރާއްޖޭގައި، ޖަލުތައް ހެދިގެން އައީ ޖަލުހަދާ އުސޫލުން ނޫން ކަމަށެވެ. އެގޮތުން އެކި ކަންކަމަށް ބެހެއްޓިފައި ހުރި ގުދަން ތަކުގައި ކުށްވެރިން ބައިތިއްބަން ފަށައި، އެތަންތަން އިތުރަށް ތަރައްގީ ވަމުން އައިސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ޖުމްލަ ހައްލެއް ގެނައުމުގެ މަސައްކަތް އެއްވެސް އިރެއްގައި ކޮށްފައި ނުވާ ކަމަށެވެ. 

ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ވަރަށް ކުރީ ކޮޅުގައި ނެންގެވި އެއް ޑިޒިޝަނަކީ ރާއްޖޭގައި ސެންޓަރަލް އެއްޖަލު އެޅުމަށް.

ވަޒީރު ވިދާޅުވިގޮތުގައި ސެންޓްރަލް ޖަލެއް އެޅުމުގެ އެންމެ މުހިންމު ބޭނުމަކީ، ގައިދީން އެކި ރަށް ރަށުގައި ބައިތިއްބަން ޖެހުމުން ގައިދީއެއްގެ ބޮލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުން ކަމަށެވެ. 

ދިވެހި ދައުލަތުން މިހާރުވެސް އެބަ ޚަރަދުކުރޭ 27،000 އަކަށް ރުފިޔާ ކޮންމެ ބޮލަކަށް މަހަކު. މިއީ ވަރަށް ބޮޑު އަދަދެއް. އެވްރެޖް ރައްޔިތަކު 24 ގަޑިއިރު މަސައްކަތް ކޮށްގެން އެއްމަސް ދުވަހުގެ މަސައްކަތަށް މި ލިބެނީ މަހަކު 15،000 ރުފިޔާ. އެހެންވީމާ އަޅުގަނޑުމެން 27،000 ޚަރަދުލުރަންޖެހޭ ސަބަބެއް ނެތް. އަޅުގަނޑުމެން މިއަށް މޮޑެލް އަކަށް ބަލާލިއިރުގައި، ސިންގަލް ޕްރިޒަން ކޮމްޕެލެކްސް އެއް އަޅައިގެން މި ޚަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭ

ވަޒީރު ޢަލީ އިހްސާން

މީގެ އިތުރުން، ގައިދީން ސެކިޔުރިޓީއަށް ބަލައިގެން، ނުވަތަ ކުށް ތަކަށް ބަލައިގެން ނޫނީ، އަންހެން، ފިރިހެން، ކުޑަކުދިން އަދި ބިދޭސީން ގޮތަށް ބަލައިގެން ބަހާލަން ބެލި ނަމަވެސް ސިންގަލް ޕްރިޒަން ކޮމްޕްލެކްސް އަކީ މުހިންމު ކަމެއް ކަމަށް އިހްސާން ވިދާޅުވިއެވެ. 

ހަމައެއާއެކު، ނަފްސާނީ މައްސަލަ ހުންނަ ގައިދީންނަށްވެސް ފަރުވާ ދެވޭނެ ނިޒާމެއް ހޯދަންޖެހޭ ކަމަށާ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާ ތަކުގައި އެކަށައަޅާފައިވާ މިންގަނޑުތައްވެސް ޖަލުގައި ބެހެއްޓުން މުހިންމު ކަމަށްވާއިރު، އައު ޖަލު އެޅެނީ އެ ހުރިހާ ކަންކަމަށް ބަލައިގެން ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ