އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
18 Nov 2024 | 16:04
ސަރުކާރުގެ ހިންގުންތެެރިކަމެއް ނެތުމުގެ ސަބަބުން 10 ވަރަކަށް އަހަރު ގެއްލިގެން ހިނގައްޖެ: ފައްޔާޒު

މި ސަރުކާރަށްވީ އެއް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ 10 އަހަރު ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ފެންނަމުންދަނީ އެއް އަހަރު ދުވަހުގެ ތެރޭގައި، ފާއިތުވި 30 އަހަރުގައި ރާއްޖެއިން ހޯދި ކުރިއެރުންތައް ފަހަތަށް ދާތަން ކަމަށެވެ.

ވޭތުވެދިޔަ ތިރީހަކަށް އަހަރު މިގައުމު ހޯދާފައިހުރި ކުރިއެރުންތައް އެތައް ގުނައެއް ފަހަތަށް ދާތަން އިނގޭތޯ… އަޅުގަނޑުމެންނަށް ގެއްލިގެންދިޔަ އެއް އަހަރެއްވެސް ނޫން މީކީ އިނގޭތޯ؟ އަޅުގަނޑުމެން ފަހަތަށް ސޮއްސާލައިގެން، ބޮޑުތަނުން، ދިވެހިރާއްޖޭގެ އެކިއެކި ސަރުކާރުން… އަޅުގަނޑުމެންނާ އިދިކޮޅު ސަރުކާރު ތަކުންވެސް، ހޯދާފައިހުރި ކާމިޔާބީތައް ހަމަ ރޯލް ބެކް ވެގެން މިދިޔައީ ވަރަށް ބޮޑަށް ފަހަތަށް. 

ފައްޔާޒު އިސްމާއީލް

ފައްޔާޒު އިތުރަށް ވިދާޅުވީ، މިސަރުކާރުން ކަންކުރަމުން އަންނަ ގޮތުން، ރާއްޖޭގެ އިގްތިޞާދާއި އެހެނިހެންވެސް ދިވެހިންނަށް ކަޝަވަރު ކޮށްދީފައުވާ ކަންކަމަށް ވާނެ ގޮތް ނޭނގޭ ކަމަށާ، ފެނިގެން ދިޔައީ ހުދުމުހުތާރު ކަން ފެށިގެންދިޔަ އެއް އަހަރު ކަމަށެވެ. 

ދިވެހި ރައްޔިތުންނަށާއި ދިވެހި ރާއްޖެއަށް ގެއްލިގެންދިޔަ 10 ވަރަކަަށް އަހަރުގެ ގޮތުގައި އަޅުގަނޑަށް މި ސިފަވަނީ

ފައްޔާޒު އިސްމާޢީލް

މިއާއެކު ފައްޔާޒް ވަނީ މި ސަރުކާރުން ކަންކަން ނިންމާ އިރު މަޝްވަރާ ނުކުރާ ކަމަށާއި މިއީ ޚުދުމުހުތާރު ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ފެލާލުން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.