އެމްއެމްއޭ
ހަބަރު
18 Nov 2024 | 21:13
ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބަދަލެއް ނުގެންނަން: އެމްއެމްއޭ

ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އެންމެފަހުން އެކުލަވާލި އުސޫލަށް ބަދަލު ގެނެސްފައި ނުވާނޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން ވަނީ، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް މިހިނގާ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހު، އައު އުސޫލެއް އެކުލަވާލާފައެވެ. މިކަމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއްވިޔަފާރިވެރިން ވަނީ އެ އުސޫލު މުރާޖައާކުރުމަށް ގޮވާލާފައެވެ.

ޑޮލަރު މާރުކުރުމުގެ އައު އުސޫލުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެމްއެމްއޭއިން އެ އުސޫލު މުރާޖައާކޮށް ބަދަލު ގެނެސްފައިވާކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން މަރުކަޒީ ބޭންކުން މިރޭ ބުނެފައިވަނީ، ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް މިހިނގާ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހު، އާއްމުކުރި އުސޫލު އަދިވެސް އޮތީ އެގޮތުގައި ކަމަށެވެ. އެ އުސޫލަށް އެއްވެސް ބަދަލެއް އަދި މިހާތަނަށް ގެނެސްފައި ނުވާނޭކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޑޮލަރު މާރުކުރުމުގެ އުސޫލަށް ތަބާނުވާނޭކަމަށް ޓޫރިޒަމްގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ހާމަކޮށްފައިވަނިކޮށް މިކަމާ ގުޅޭގޮތުން ރައީސް ޑރ މުއިއްޒު ރޭ ވިދާޅުވެފައިވަނީ، އެމްއެމްއޭގެ އައު އުސޫލާ އެއްގޮތަށް ޑޮލަރު މާރުކުރުން ނޫންގޮތެއް ނެތްކަމަށެވެ. 

ރައީސް ޑރ.މުއިއްޒު ވަނީ އަންނަ ޖެނުއަރީމަހުން ފެށިގެން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރަން ފައްޓަވާނޭ ކަމަށާއި، އެއުސޫލަށް ބަދަލު ގެނެވެން ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް