ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ކެސްޕަރ ވެލްޑްކެޕްމް
ދުނިޔެ
19 Nov 2024 | 00:27
ޗައިނާ-ރަޝިޔާ ވިޔަފާރިން ވިލާތުގެ ސަލާމަތަށް އަސަރުކުރޭ: ނެދަލެންޑްސް

ޗައިނާއިން ރަޝިޔާއާއެކު ކުރާ ވިޔަފާރީގެ ސަބަބުން ވިލާތުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާކަމަށް ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ކެސްޕަރ ވެލްޑްކެޕްމް ވިދާޅުވެއްޖެއެވެ.

ނެދަލެންޑްސްވެސް ބައިވެރިވާ އަސްކަރީ ޖަމާޢަތްކަމަށްވާ ނޭޓޯއިން ދެކޭ ގޮތުގައި ޗައިނާއަކީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ބައިވެރިއެކެވެ. ސަބަބަކީ ޗައިނާގެ އެކި ޓެކްނޮލޮޖީތައް ރަޝިޔާގެ އަސްކަރީ އުޅަނދުފަހަރާއި މިސައިލްތަކުގައި ހުރުމެވެ.

ވެލްޑްކެޕްމް ވިދާޅުވީ މިމައްސަލަ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއެކު ދެފަހަރަކު ހިއްސާކުރެވިފައިވާ ކަމަށާއި، ވިލާތުގެ އެހެން ގައުމުތަކުންވެސް ޗައިނާއިން ރަޝިޔާއަށް ވާގިވެރިވުމުގެ ސަބަބުން އެގައުމުތަކުގެ ސަލަމާތަށް ނުރައްކާވާކަން ޗައިނާއަށް އަންގަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ވެލްޑްކެޕްމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައެވެ.

ޗައިނާގެ ކުންފުނިތަކަށް ވިލާތުގެ ގައުމުތަކާއި، އެމެރިކާ އަދި ޖަޕާނުގެ ޓެކްނޮލޮޖީތައް ދިޔުން ހުއްޓުވުމަށް އެގައުމުތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ޚާއްސަކޮށް ޗިޕް އުފެއްދުމުގެ ދާއިރާގައި ޗައިނާއިން ކުރި ހޯދަން ކުރަމުންދާ މަސައްކަތްތަކަށް އެޅެން އޮތް ހުރަހެއް އެގައުމުތަކުން އަޅަމުން ދިޔަނަމަވެސް، ޗައިނާގެ ސަރުކާރާއި ގުޅިފައިވާ ކުންފުނިތަކުން ހުޅަނގުގެ ޓެކްނޮލޮޖީ ވަގަށް ނަގަމުންދާކަމަށްވެސް ތުހުމަތުކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ