ހަބަރު
19 Nov 2024 | 09:49
މިހާރު، ދިވެހި ޗެޓް ޖީޕީޓީއިން ދިވެހިބަހުން ދައްކާ ވާހަކަ ލިޔެ، ލިޔެފައި ހުންނަ ލިޔުންތަކަށް އަޑުވެސް އެޅޭނެ!

ދިވެހިރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމް – ދިވެހިޖީޕީޓީއިން، ދިވެހިބަހުން ދައްކާވާހަކަ ލިޔެދޭ ޓްރާންސްކްރިޕްޝަން ސިސްޓަމްއެއް ތަޢާރަފްކޮށް އާއްމުކޮށްފިއެވެ. މިފީޗަރ ދިވެހިޖީޕީޓީ ވެބްސައިޓަށް ތަޢާރަފްކޮށްފައިވަނީ ދިވެހި ޖީޕީޓީއަށް އެންމެފަހުން ގެނެވުނު އަދާހަމަކުރުންތަކާއި އެކުގައެވެ.

ސްޕީޗް-ޓު-ޓެކްސްޓް ނުވަތަ ދައްކާވާހަކަ ކޮންޕިއުޓަރުން ލިޔުމަކީ އެހެން ބަސްތަކުގައި ފަސޭހައިން ބޭނުންކުރެވެން ހުންނަ އަދި ގިނަ ބަޔަކު ބޭނުންކުރާ ފީޗަރއެކެވެ. އެހެނަސް ދިވެހިބަހުން މިކަން ކުރެވެން ނުހުރުމުގެ ސަބަބުން ދިވެހިން ލިޔެހެދުމުގައި އަދި ޓްރާންސްކްރިޕް ލިޔެމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެއެވެ. އެހެންކަމުން މިއީ ގިނަ ބަޔަކު އިންތިޒާރުކުރަމުން ގޮސްފައިވާ ބޭނުންތެރި ފީޗަރއަކަށް ވެގެންދާނެއެވެ. 

އެގޮތުން ދިވެހިޖީޕީޓީ މެދުވެރިކޮށް މިހާރު އެއްލިޔުމެއްގެ ގޮތުގައި އަދި ވާހަކަ ދައްކާފައިވާ ފަރާތްތައް ވަކިވަކި ވާގޮތަށްވެސް ދިވެހިބަހުން ވާހަކަދައްކާފައި ހުންނަ އޯޑިއޯތައް ޓްރާންސްކަރައިބް ކުރެވެއެވެ. އަދި މިޓްރާންސްކްރިޕްޝަން އިން ވޯޑް ޑޮކިއުމެންޓް އަދި ސަބްޓައިޓަލް ޑޮކިއުމެންޓް އެކްސްޕޯޓްކުރެވެން ހުރެއެވެ. އަދި ދިވެހިޖީޕީޓީގެ ޗެޓް ފީޗަރސް މެދުވެރިކޮށް ޓްރާންސްކްރައިބްވާ ލިޔުންތައް ޚުލާސާކޮށް ތަރުޖަމާކޮށްވެސް ހެދެއެވެ. 

މީގެ އިތުރުން، ލިޔުމުން އަޑަށް (ޓެކްސްޓް ޓު ސްޕީޗް) ބަދަލުކުރުމުގެ ޚިދުމަތްވެސް ވަނީ ތަޢާރަފުކުރެވިފައެވެ. މިހާރު މި ޚިދުމަތް ދެވެނީ "ހައްޖަ" ކިޔާ އަންހެން އަޑަކުން އެކަނި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު އަޑުތައް ތަޢާރަފުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ޖަވާބުން ބުނެއެވެ. 

އަދި މިފަދަ ޚިދުމަތް ތަޢާރަފުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އޯޑިއޯ ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމެކެވެ.

ދިވެހިޖީޕީޓީއަށް ގެނެވުނު އެހެން މުހިންމު ބަދަލުތަކުގެ ތެރޭގައި ކްރެޑިޓް ސިސްޓަމެއް ތަޢާރަފުކުރުމާއި، އޮފީސްތަކަށް ޚާއްސަކޮށް ޓީމް ޕްލޭންތައް ތަޢާރަފުކުރުން ހިމެނެއެވެ. މި އައު ސިސްޓަމާއެކު، ފަރުދީ އަދި ޓީމް އަގުހެޔޮ ޕްލޭންތަކެއް ވަނީ ތަޢާރަފުކުރެވިފައެވެ.

އިތުރު އައު ފީޗަރތަކުގެ ތެރޭގައި ޢަރަބި، ބަންގާޅި އަދި ހިންދީ ބަހަށް ތަރުޖަމާކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ގިނަ ފަރާތްތަކުން އެދެމުން ގޮސްފައިވާ ޗެޓް ހިސްޓްރީ ބެލުމުގެ ފީޗަރވެސް ވަނީ މިފަހަރުގެ އަޕްޑޭޓުގައި ގެނެވިފައެވެ.

މި ހުރިހާ އައު ފީޗަރތަކެއް މިހާރުވެސް dhivehigpt.com އިން ލިބެން އެބަހުއްޓެވެ. ދިވެހިޖީޕީޓީގެ މި އައު އަޕްޑޭޓާއެކު ތަޢާރަފުކުރެވުނު ކްރެޑިޓް ސިސްޓަމާއި ޓީމް ޕްލޭންތަކަކީ، ވިޔަފާރިތަކަށާއި އޮފީސްތަކަށް މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެ އިތުރުން، އަގުހެޔޮ ޕްލޭންތަކާއި އަހަރީ ސަބްސްކްރިޕްޝަންތަކުގެ ފުރުޞަތު ހުޅުވާލުމަކީ، ގިނަ ބަޔަކަށް މި ޚިދުމަތް ލިބިގަތުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

ދިވެހިޖީޕީޓީގެ މި އައު އަޕްޑޭޓަކީ، ދިވެހި ބަހުގެ ޑިޖިޓަލް ޓެކްނޮކްނޮލޮޖީގެ ދާއިރާގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި އައު ފީޗަރތަކުގެ ސަބަބުން، ދިވެހި ބަހުގެ ބޭނުންކުރުން އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބަސް ކުރިއަރައިގެންދާނެ ކަމަށް ޖަވާބުން އުންމީދުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.