އިކުއަޑޯގައި މި ހާލަތު އިއުލާނުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހާއި ހިސާބަށް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
19 Nov 2024 | 09:47
އިކުއެޑޯގައި 60 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އިކުއެޑޯގައި ހަނަފަސްކަމާއި އަލިފާނުގެ ހާދިސާތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން، 60 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިކުއެޑޯގެ ސެކްރެޓޭރިއަޓް ފޯ ރިސްކް މެނޭޖްމަންޓް (އެސްއެންޖީއާރު) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިއެވެ.

މިގޮތުން، ރިސްކް މެނޭޖްމަންޓް ސެކްރެޓަރީ ޖޯޖް ކެރިލޯ ވިދާޅުވީ، މިހާރު ވެސް ގާތްގަނޑަކަށް 120 ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނަފަސްކަމުގެ ގެއްލުން މުޅި ގައުމު ތަހައްމަލު ކުރަމުންދާކަމަށެވެ. 

އެގައުމުގެ ޖަންގަލީގައި ރޯވެފައިހުރި 13 އަލިފާންގަނޑެއް ނިއްވުމުގެ މަސައްކަތް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު، މިހާތަނަށް ވަނީ އިތުރު 9 އަލިފާންގަނޑެއް ނިއްވާލާފައެވެ.

އެގައުމުގެ ދެ ސަރަހައްދެއްގައި ހިނގި  ހާދިސާތަކުގެ ސަބަބުން ގާތްގަނޑަކަށް 10،200 ހެކްޓަރ (25،204 އަކަފޫޓު) ގެ ބިމަށް ވަނީ އަސަރުކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެެވެ.

ފާއިތުވި 60 އަހަރު ތެރޭގައި ތަޖުރިބާ ނުކުރާހާ ބޮޑު ހަނަފަސްކަމެއް އިކުއަޑޯ އަށް ކުރިމަތިވެ، ހައިޑްރޯ އިލެކްޓްރިކް ޕްލާންޓްތަކުގެ އުފެއްދުންތެރިކަމަށް އަސަރުކުރުމާއި ގުޅިގެން މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެގައުމުގެ ސަރުކާރުން، ދުވާލަކު 14 ގަޑިއިރަށް ކަރަންޓު ކަނޑަމުން އަންނަކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.