ބީއެމްއެލް--
ހަބަރު
19 Nov 2024 | 15:18
ބީއެމްއެލްގެ ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ޖަމިއްޔާތައް އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ޖަމިއްޔާތައް އިއުލާނުކޮށްފިއެވެ. 

މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އާދަތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބީއެމްއެލުން ކުރިއަށް ދިޔަ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި 2 ޖަމިއްޔާއަކީ ލިވް އެންޑް ލާރން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އެވެ.

މީގެ ތެރެއިން ލިވް އެންޑް ލާރން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސް އަށް  ތިން ގްލާސް ކްރަޝާ މެޝިން ބޭންކުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އާލާތްތައް ލިބޭ ރަށްތަކަކީ ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށެވެ.

ހަމައެއާއިއެކު، ބީއެމްއެލްގެ ފަރާތުން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އަށް  އެއް ގްލާސް ކްރަޝަރ މެޝިން އަދި އެއް ބޭލަރ ފޯރުކޮށްދޭއިރު، މި އާލާތްތައް ލިބިގެންދާނީ ހުޅުމާލެއަށެވެ.

މިކަމާއި ގުޅިގެން ބީއެމްއެލުން ބުނީ، މި މަސައްކަތުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް، ކުނި ނައްތާލުމުގެ ޚަރަދު ކުޑަކޮށް، އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެކަމަށާއި، މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މަޝްރޫއެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.
26 Jun 2026
އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް
މީގެކުރިން ވޯލްޑް ކަޕްގައި ވާދަކުރި ތިން ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓި އައިވަރީ ކޯސްޓަށް، ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.