ޕާކިސްތާން ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ
ހަބަރު
19 Nov 2024 | 17:05
ވީ.ޕީ.އެން ބޭނުންކުރުން ދީނުގަ ހުއްދައެއް ނޫން: ޕާކިސްތާން

ކާކުކަން ނޭނގޭ ގޮތަށް އިންޓަނެޓް ބޭނުންކުރުމަށާއި، ބްލޮކް ކޮށްފައިވާ ވެބްސައިޓްތަކަށް ވަނުމަށް ބޭނުންކުރާ ވަރޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީ.ޕީ.އެން) ބޭނުންކުރުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫންކަމަށް ޕާކިސްތާނުގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީ އިން ފަތުވާ ދީފިއެވެ.

މި ކައުންސިލަކީ ޕާކިސްތާނުގެ ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ، ސަރުކާރަށާއި ޤާނޫނު ހަދާ މަޖިލީހަށް ދީނީ އަދި ޝަރުޢީ ކަންކަމުގައި ލަފާދޭ ކައުންސިލެކެވެ. ޕާކިސްތާނުގެ ސަރުކާރުން އިންޓަނެޓް ސެންސަރކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެކައުންސިލުން މިފަދަ ފަތުވާއެއް ނެރުމުން، ސިޔާސީ ހަތިޔާރާކަށް ދީން ނެހެދުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ކަމަށް ބުނެ ޕާކިސްތާން ސަރުކާރުން ވަނީ އިންޓަނެޓް ފަޔަރވޯލްއެއް މުޅި ޕާކިސްތާނުގައި އަޅާފައެވެ. އަދި ވީ.ޕީ.އެން ބޭނުންކުރާ ފަރާތްތަކުން ޕާކިސްތާނުގެ ޓެލެކޮމް އޮތޯރިޓީގައި ރަޖިސްޓްރީކުރުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ.

ވީޕީއެން ބޭނުންކުރުން ދީނުގައި ހުއްދަ ނޫންކަމަށް ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީއިން ބުނިއިރު، ފަޔަރވޯލްގެ ސަބަބުން ނުވަދެވޭ ސައިޓްތަކަށް ވަނުމަށް ޕާކިސްތާނުގެ ސަރުކާރު އޮފިޝަލުން މިހާރުވެސް ގެންދަނީ ވީޕީއެން ބޭނުންކުރަމުންނެވެ. އެގޮތުން ގިނަ އިދާރާތަކެއްގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްތައް އޮޕަރޭޓްކުރުމަށްވެސް ވީޕީއެން ދަނީ ބޭނުންކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.