މިއަދު ކުރިއަށްދިޔަ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އެންސްޕާގެ ވެރިން...
ހަބަރު
19 Nov 2024 | 17:41
ޔޫއޭއީ އަދި ތައިލެންޑުން އާސަންދަ ލިބޭނޭ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނަން: ހީނާ

ތައިލެންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އާސަންދަ ލިބޭނޭ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނޭކަމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ތައިލެންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކަމާ ގުޅޭ މުއާމަލާތްތައް ކުރިއަށްގެންދާކަމަށެވެ. އެކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއްކަމަށާއި، ރައީސްގެ އެ ވައުދުފުޅު ފުއްދަވާނޭކަމަށް ހީނާ ވިދާޅުވިއެވެ. 

ޔޫއޭއީ އަދި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖެއްސުމަށްޓަކައި މިހާތަނަށް ކުރިއަށްދިޔަ ވާހަކަތަކުގެ ނަތީޖާތައް ވަރަށް ރަނގަޅުކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން އެކަމުގައި ކުރިއަށްދާނެ ގޮތެއް ކަނޑައެޅިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޔޫއޭއީ އާއި ތައިެލންޑުން އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، މިއަހަރުގެ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއަރޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކުރިއަށް އޮތް ތާގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީއަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެދުވަހު ރައީސް ވަނީ، ސަރުކާރުގެ އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުވާނެގޮތް ހެއްދެވުން ކަމަށެވެ.

ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އާސަންދައަށް ސަލާންޖަހަން ނުޖެހޭ ހަރުދަނާ އެދެވޭފަދަ ބަދަލެއް ގެންނާނޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.