ޕީއެންސީއަށް ނިސްބަތްވާ ބައެއް އިސްބޭފުޅުން..
ހަބަރު
19 Nov 2024 | 20:44
ސަރުކާރާ ގުޅޭގޮތުން އެމްޑީޕީން ދޮގު ހަބަރުތައް ފަތުރާތީވެ، ޕީއެންސީން އެކަން ކުށްވެރިކޮށްފި

ސަރުކާރާ ގުޅޭގޮތުން އެމްޑީޕީން ދޮގު ހަބަރުތައް ފަތުރާތީވެ، ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން އެކަން ކުށްވެރިކޮށްފިއެވެ.

ސަރުކާރަށް އަހަރުފުރުމާ ގުޅިގެން އެމްޑީޕީން މީޑިއާގެ ވަސީލަތްތަކުގައި ސަރުކާރާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެމުން ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންނަށް ހެކިތައް ފެންނަން ހުރިއިރުވެސް ހަގީގަތް އޮޅޭގޮތަށް އެމްޑީޕީން ސަރުކާރާ ގުޅުވައިގެން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަކުންދާކަމަށެވެ.

އިދިކޮޅު ސިޔާސީޕާޓީއެއްގެ މަގާމު އަދާކުރަންޖެހޭ އަދި ދައުލަތުން ފައިސާދީގެން ހިންގާ އެމްޑީޕީން މައުލޫމާތު ފަތުރަމުންދަނީ ރައްޔިތުންނަށް ވަރަށްބޮޑަށް އޮޅޭގޮތަށްކަން ފާހަގަކުރަމުން ޕީއެންސީން ބުނީ މިކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޕީއެންސީން ބުނީ ފާއިތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ޒައާމަތުގައި ސަރުކާރު ހިންގާފައިވަނީ ޒިންމާދާރު ކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިވުމާއެކު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތުތައް ފޯރުކޮށްދީގެން ކަމަށެވެ. މިގޮތުން މިއަހަރު ހަރަދުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު، ޖުމްލަ ގޮތެއްގައި ކޮންމެ އަހަރަކު 15 އިންސައްތައަށް ދައުލަތުގެ ހަރަދުތައް އިތުރުވި މިންވަރު 2.5 އިންސައްތައަށް ދަށްކޮށްފައިވާކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، ބަޖެޓް ޑެފިސިޓް ހިފެހެއްޓިފައިވާކަމަށާއި މިގޮތުން މިއަހަރުގެ ޖުމްލަ ބަޖެޓް ޑެފިސިޓް 378 މިލިއަން ރުފިޔާއަށް ދަށްކޮށްފައިވާކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ މި ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދެމުން ދާކަމަށެވެ. މިގޮތުން ހުށަހަޅާ އާރުޓީއައި ތަކަށާއި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 70 އަށްވުރެ ގިނަ ނޫސްވެރިންނާ ބައްދަލުކޮށް، 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދީފައި ވާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.