ވަޒީރު އިހުސާން-- ފޮޓޯ: ވޮއިސް
ހަބަރު
20 Nov 2024 | 12:40
ވޭޕް ފްލޭވަރ ތަކުގައި ކެނަބިސް ހުރިކަމަށް ޔަގީންވާ އެތައް ކޭސްތަކެއް މީގެ ކުރިން ވަނީ ފެނިފައި: އިހްސާން

ވޭޕް ފްލޭވަރ ތަކުގައި ކެނަބިސް ހުރިކަމަށް ޔަގީންވާ އެތައް ކޭސްތަކެއް މީގެ ކުރިން ފެނިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ، މަސްތުވާތަކެތި ހުރި ކަމަށް ބުނެ ކަސްޓަމްސްއިން ހުއްޓުވި ވޭޕް ފްލޭވަރ ތަކާއި ގުޅޭ ތަހުގީގެއް ފުލުހުން ހިންގުމަށްފަހު، އެތަކެތި މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާކަން ހާމަކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން އިހުސާން ވިދާޅުވީ، އެއާޕޯޓްގައި ކަސްޓަމްސް އަށް ޝައްކުކުރެވޭ ޕްކޭޖްތައް ރެޕިޑް ޓެސްޓްކޮށް، ޕޮސިޓިވްވާނަމަ އެތަކެތި ހިފެހެއްޓި ތަހުގީގަށް ހަވާލުކުރެވޭކަމަށެވެ.

މިގޮތުން މި ވޭޕް ޝިޕްމަންޓް ވެސް ޓެސްޓް ކުރެވުނުކަން ފާހަގަކުރައްވާ އިހުސާން ވަނީ ކެނެބިސްއަށް އެ ދުވަހު ހެދި ރެޕިޑް ޓެސްޓުން މިތަކެތި ޕޮސިޓިވް ވެފައިވާކަން ހާމަވާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.

އެދުވަހު ހެދި ރެޕިޑް ޓެސްޓްގެ ނަތީޖާ---

އެހެންނަމަވެސް، އާއްމު އުސޫލުން މި ތަކެތި ތަގުގީގަށް ފުލުހުންނާއި ހަވާލުކުރެވި، ލެބޯޓަރީ ޓެސްޓް ހަދާކަމަށާއި، މިކަމަށްޓަކައި 2-7 އާއި ދެމެދުގެ މުއްދަތެއް ހޭދަވާއިރު، މި ޓެސްޓާއި ރެޕިޑް ޓެސްޓްގެ ނަތީޖާ ދިމާވާނަމަ އިތުރަށް ކޮންފަމޭޓަރީ ޓެސްޓްތައް ހަދާކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ތަހުގީގަށް ނަތީޖާ ބޭނުންކުރާނީ ކޮންފަމޭޓަރީ ޓެސްޓް ހެދުމަށްފަހު ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން ކަމަށާއި، އެކި މީޑިއާ ތަކުން މި ޝިޕްމެންޓްގެ ވެރިފަރާތިގެ މައުލޫމާތު ހޯދަން އެދުމުން އޭރު އެމައުލޫމާތު ހާމަނުކުރެއްވީ ލެބޯޓަރީ ކޮންފަމޭޝަން ނުލިބޭތީ ކަމަށެވެ.

މީގެ އިތުރުންވެސް، އިހުސާން ވިދާޅުވީ، އެ ދުވަހު ހިފެހެއްޓުނު ޝިޕްމެންޓްގެ ވާހަކަ ހިއްސާކުރުމަށް ނިންމެވީ 2023 އާއި 2024 ވަނަ އަހަރުވެސް މިފަދަ ވޭޕް އޮއިލް ޝިޕްމެންޓެއްގައި ކެނަބިސް ހުރިކަން ޔަގީން ކުރެވިފައިވާތީ، މިއީ މުޖުތަމަރުގެ ކަނބޮޑޫވުން އޮތް މައްސަލައަކަށް ވުމުން ކަމަށެވެ.

ފުލުހުން ހާމަކުރެއްވި މައުލޫމާތުން އެނގިގެންދަނީ މިކަމުގައި ހުރި ހާމަކަން ބޮޑު ކަމާއި އިންސާފުވެރިކަން ކަމަށް ވިދާޅުވެ، އިހުސާން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަމުގައި އަމަލުކުރާނީ މިފަދައިންކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.