މަސްވެރިން--
ހަބަރު
20 Nov 2024 | 12:36
މަސްވެރިކަމާއި ބެހޭ 25 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލަނީ

މަސްވެރިކަމާއި ބެހޭ 25 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ، ދިވެހި ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ކަންކަމަކީ ރޭވިފައިވާ ޕްލޭނެއްގެ ދަށުން ކުރާ ކަންތައްތަކަށް ހެދުމަށްޓަކައި ގާނޫނަކުން ބާރުލިބޭ ގައުމީ ތަރައްގީގެ ވިހި އަހަރުގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވައުދު ފުޅެއްކަމަށެވެ.

މިގޮތުން، މަސްވެރި ސިނާއަތް ތަރައްގީކޮށް ސިންދަފާތުކޮށް ކުރިއެރުވުމަށް ކުރާ ކަންތައްތަކަކީ ވެސް ރޭވި ކުރެހިފައިވާ އިސްތިރާޖީ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ ކަންތައްތަކަށް ހެދުމަށް ޓަކައި މަސްވެރިކަމާއި ކަނޑުތަކުގެ 25 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް އެ ނިންމާފައިވާކަމަށް އެވުޒާރާއިން ހާމަކުރެއެވެ. 

މި އިސްތިރާޖީ މާސްޓަރ ޕްލޭނުގައި ކުރިއަށް އޮތް 25 އަހަރުގައި މަސްވެރި ސިނާއަތުގެ ވިޝަން އަދި މިޝަންތައް ކަނޑައެޅޭނެކަމަށާއި، ހަމަ އެހެންމެ ކަނޑުތަކުގެ ވަސީލަތް ފުރިހަމައަށް ބޭނުންކޮށް އިގްތިސާދީ ނަފާ އިތުރުކުރުމަށް ލަނޑުދަނޑިތަކެއް ރޭވި އެކަން ހާސިލުކުރުމަށް ކުރާނެ ކަންކަން މި ޕްލޭނުގައި ހިމެނިގެން ދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ކަމަށް ބޭނުންވާ ފައިސާ، ވޯރލްޑް ބޭންކުގެ އެހީގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.
26 Jun 2026
އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް
މީގެކުރިން ވޯލްޑް ކަޕްގައި ވާދަކުރި ތިން ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓި އައިވަރީ ކޯސްޓަށް، ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.