އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން..
ހަބަރު
20 Nov 2024 | 13:49
ކުއްލިއަކަށް ގާނޫނު އަސާސީ ބަދަލުކުރާތީ އެމްޑީޕީން މުޒާހަރާގައި

ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ސީދާ ހަރަކާތަށް ނިކުމެއްޖެއެވެ.

އެމްޑީޕީން މުޒާހަރާ ފަށާފައިވަނީ ރައްޔިތުން މަޖިލީސް ކުރާ ގޭ ދޮށުގައި ތިބެގެންނެވެ. މި މުޒާހިރާގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ބައެއް އާއްމު މެމްބަރުން ބައިވެރިވެއެވެ.

އެމްޑީޕީން އެތަނުގައި އަޑުއުފުލަމުން ދަނިކޮށް ސަރުކާރަށް ތާއީދުކުރާ ބަޔަކު ދިއުމުން އެންމެފަހުން ވަނީ މަޝްރަހު ހަލަބޮލިވެފައެވެ. އެތަން ހަލަބޮލިވުމުން ފުލުހުން އެންމެފަހުން ވަނީ މަޖިލީސް ހިމެނޭ ސަރަހައްދުން އެއްވެފައިުތިބި މީހުން މަޖީދިއްޔާ ކައިރި ސޯސަންމަގާ ދިމާލަށް ދުރައް ޖައްސާފައެވެ.

މުޒާހިރާއަށް އެމްޑީޕީން ނިކުމެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ އިސްލާހާ ގުޅޭ ގޮތުންނާއި ބޭރުސިފައިން ރާއްޖޭގައި ގާއިމްވެ ތިބެވޭނީ މަޖިލީހުން ފާސްކޮށްގެންކަމަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅިގެންނެވެ.

މި އިސްލާހުތައް އަވަސް އަރުވާލައިގެން ފާސްކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މުޒާހަރާގައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ގޮވަމުން ދަނީ ސަރުކާރުން މަޖިލީސް ހިސޯރުކޮށްފައިވާކަމަށާއި، ސަރުކާރުގެ އިހުލާސްތެރިކަން މިއަދު ގެއްލިފައިވާކަމަށެވެ.


މުޒާހަރާގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރަކު ޝުއޫރުފާޅުކުރުމުގެ ގޮތުން ޕޯސްޓަރެއް ހިފައިގެން..

މަޖިލީސް ދޮށަށް އެއްވި މީހުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރި ފަރާތްތަކުން ގޮވަމުންދިޔައީ، އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަމަށާއި އެކަން ނިމިގެންދިޔަ ދައުރުގައި އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރިޓީގައި އޮތްއިރު ފެނިގެންދިޔަ ކަމަށެވެ.

އެމްޑީޕީން ކުރަމުންގެންދާ މުޒާހަރާއާ ގުޅޭގޮތުން އެ ސަރަހައްދުގައި ހުންނަވައި މީޑިއާ އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މިހާރު އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތް މަންޒަރު ކަމަށެވެ. ސަރުކާރުގެ ނިޔަތް ގޯސްކަން ފާހަގަކުރައްވަމުން ބިގޭ ވިދާޅުވީ، މިއީ ރައްޔިތުން ނިކުމެ، ސަރުކާރު ޒިންމާދާރުކުރުވަން މަގުމައްޗަށް ނިކުންނަން ޖެހޭ ވަގުތު ކަމަށެވެ.

އެމްޑީޕީ ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ، މިއަދަކީ ދުސްތޫރީ ހަޔާތުގައި ކަޅު ދުވަހެއް ކަމަށެވެ. އެންމެ ފަސްގަޑިއިރުގެ ތެރޭގައި ގާނޫނު ބަދަލުކުރުން މިއަދު ސިފަކުރެވިގެން މިދަނީ، ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ވެރިކަން މިސްރާބު ޖަހައިފިކަމުގެ ހެތްކެއްކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު މިދަނީ ވަރަށް ކަންބޮޑުވާ މަގަކުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ އަމަލުފުޅުތައް މިއަދު ހުރީ ޑިމޮކްރަޓިކް ހަމަތަކާ މުޅިން ހިލާފަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.