ޝަކީލް
ހަބަރު
20 Nov 2024 | 18:36
އެންޓި ޑިފެކްޝަން ގާނޫނެއް ގެންނަ ވާހަކަ އެންމެންދެއްކި. އެކަން ހަގީގަތަކަށްވީ މިއަދު: ޝަކީލް

އެންޓި ޑިފެކްޝަން ބިލެއް މިއަދު ފާސްކުރެވިގެންދިޔައިރު، ހަގީގީ ސިފައިގައި ގާނޫނު އަސާސީގެ ތެރެއިން މިކަން ކުރުމުގެ އިހްލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ކަން ސާބިތުކޮށްދެއްވައިފިކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، މެމްބަރު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވެދިޔަ ތަނުގައި އައި ހުރިހާ ވެރިންނާއި މަޖިލިސް

މެންބަރުން ޕޯޑިއަމްތަކަށް އަރައި އެންޓި ޑިފެކްޝަން ގާނޫނޫގެ މުހިއްމު ކަމުގެ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެކަމަށް އަމަލީގޮތުން ކުރެވުނު ކަމެއް ނެތްކަމަށް އަޭނާ ފާހަގަކުރެއްވިއެވެ.

ޝަކީލް ވިދާޅުވީ، ހަގީގީ ސިފައިގައި ގާނޫނު އަސާސީގެ ތެރެއިން މިކަން ކުރުމުގެ އިހްލާސްތެރިކަމާއި ކެރުންތެރިކަން ހުރި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ކަން އެމަނިކުފާނު މިއަދު ސާބިތުކޮށްދެއްވައިފިކަމަށެވެ.  އަދި މި ދައުރުގެ ޕީއެންސީ މެންބަރުންތިބީ ރައްޔިތުންގެ ފަޅީގައިކަންވެސް ސާބިތުކޮށްދެއްވައިފިކަމަށް ޝަކީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެންޓި ޑިފެކްޝަން ބިލް ފާސްވީ 78 މެމްބަރުން ވޯޓުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ 13 މެމްބަރުންނެވެ. 

މި އިސްލާހުގައިވާގޮތުން، ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ޙާލަތުން ކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

1. ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމަށްފަހު، އެ ރައްޔިތުންގެ މަޖިލިހުގެ ޢުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން

2. ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، މެންބަރު ނިސްބަތްވާ ޕާޓީން އޭނާ ވަކިކުރުން

3. އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުން.

4. އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.