ޕީއެންސީ ޕާލަމެންޓަރީ ގުރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
21 Nov 2024 | 09:36
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުމެއް ނެތި ހަލުއިކަމާއެކު ކުރިއަށްދާނެ: ޕީއެންސީ

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް، ހުއްޓުމެއް ނެތި ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ޕީއެންސީއިން ރޭ ބުނެފި އެވެ.

އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެމްޑީޕީން މިމަހު 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅިއެވެ. އެމްޑީޕީގެ ފަރާތުން އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ ގަރާރު، ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން އިއްޔެ ބޭރުކޮށްލުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. 

އެކަމާ ގުޅިގެން ޕީއެންސީއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ ފަރާތުން ހުށަހެޅި، 'އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލް އަވަސްކުރުމަށް ބާރު އެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރު' ބަލައިނުގަތުމަށް ނިންމީ އެކަމުގައި އެމްޑީޕީގެ އަސްލު މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރަން ހުރި ގިނަ މަސައްކަތުގެ ވަގުތު ބޭކާރުކޮށްލުން ކަމަށްވާތީ ކަމަށެވެ.

އަދި އެއީ އެމްޑީޕީގެ ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގައި އެންމެ ބޮޑު މަސައްކަތެއް ކުރައްވާ އެއް ލީޑަރަކީ ރައީސް މުޢިއްޒުކަން ފާހަގަކޮށް ޕީއެންސީއިން ބުނީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް، އެކަމާ ގުޅޭ މާހިރުންގެ ލަފާއާއި އިރުޝާދާ އެކު ކުރިއަށް ގެންގޮސް، ތާވަލާ އެއްގޮތަށް ނިމޭނެ ކަމަށެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ބިލެއް ވެސް ހުށަހަޅުއްވާފަ އެވެ. އެ ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން 10 ޖޫންގަ އެވެ. އެ ބިލް އަދިވެސް އޮތީ ކޮމިޓީގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.