އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
21 Nov 2024 | 12:49
ރާއްޖޭގެ ޑިމޮކްރަސީގެ އިރުވެސް އިއްޔެ އޮއްސިގެން އެދިޔައީ: ޝާހިދު

އިއްޔެ ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކާއި އެކު ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިގެން ގޮސްފިކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު އަސާސީގެ އިސްލާހުތަކަކީ އެއްވެސް ޑިމޮކްރެޓިކް ހަމައަކުން ކަންކުރެވިގެންވާނެ ގޮތެއް ނޫންކަމަށެވެ.

"އިއްތިފާގެއް ކަންނޭގެ، އިއްޔެ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް އެބަދަލު ގެންނެވިކަން، ވޯޓް ނަގާ އިއުލާނުކުރެއްވި ވަގުތު އިއްތިފާގު ވެގެން ދިޔައީ އިއްޔެގެ އިރުއޮއްސި މަޣްރިބް ނަމާދަށް ގޮވި ވަގުތަށް. އިރު އަޅުގަނޑަށް ސިފަކުރެވުނީ، ހަމައެކަނި އޮއްސިގެން އެދިޔައީ އިއްޔެގެ އިރެއް ނޫނޭ. ރާއްޖޭގެ ޑިމޮކްރަސީގެ އިރުވެސް އިއްޔެ އެ އޮއްސިގެން ދިޔައިއްޔޭ،" 

ޝާހިދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ބަލައިގެން ގާނޫނު އަސާސީގެ މަފްހޫމަކީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަންކަން ނިންމުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، އެގޮތަށް ކަން ކުރުމުގެ ވައްޓަފާޅިިއެއް ހިންގަން ފެށީ 2009 ވަނަ އަހަރުން ފެށިގެން ނަމަވެސް މިހާރު ޤާނޫނުއަސާސީއަށް ގެނަައި ބަދަލުތަކަކީ އެ މަގުން ދިޔަ ކަންކަމެއް ނޫން ކަމަށެވެ.

ޝާހިދު ވިދާޅުވީ، މިހާރު މި ގެނެވުނު ބަދަލާއެކު ރައްޔިިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްޖެނަމަ ރާއްޖޭގެ އަނެއް ދެ ބާރުގެ ވެރިން ބަދަލުކުރެވޭނެކަމަށާއި، ފެނިގެން ދަނީ މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރުވެސް ރައީސްގެ "މުށުތެރެއަށްލާ" ތަން ކަމަށެވެ.

"މިއަދު މަޖިލީހުގެ ރައީސް ކަންކުރައްވަމުން ގެންދަވަނީ ޕާޓީއަށް ޤަބޫލު ކުރެވޭގޮތަކަށް ނޫނޭ ވިދާޅުވެ ޕާޓީގެ ރައީސް ވަކިކުރައްވައިފި ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަދި މެމްބަރުކަމުން މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުލްރަޙީމް ވަކިވެގެންދާނެ، އިތުރަށް އެއްވެސް ސުވާލެއް މަޖިިލީހުގެ ރައީސް އަބްދުލްރަހީމަށް ކުރެއްވުމުގެ، މަސައްކަތެއް ކުރުމުގެ ފުރުސަތެއްވެސް މިއަދު ނޯންނާނެ، ފެނިގެން އެ ދަނީ މަޖިލީހުގެ ރައީސް ރައީސްގެ މުށުތެރެއަށްލައްވާ މުޅިން ކޮންޓްރޯލް ކުރެއްވިތަން، ހަމަ އެގޮތަށް އުއްތަމަފަނޑިޔާރުވެސް،"

ޝާހިދު ވިދާޅުވިއެވެ.

މިއާއިއެކު، ޝާހިދު ވިދާޅުވީ، މިއީ ޑިމޮކްރަސީ ނޫންކަމަށާއި، އެކަންކަން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.