ހަލީމަތު ލަމްހާ---
ހަބަރު
21 Nov 2024 | 15:46
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރު ކޮށްލައިފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރު ކޮށްލައިފިއެވެ.

 އެ މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ.

މިދިޔަ އަންގާރަ ދުވަހު، ކްރިމިނަލް ކޯޓުން ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލީ 6 ޝަރުތަކާއިއެކުއެވެ. އެއީ: 

1) ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުން

2) ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ، އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުން

3) މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިޔުން

4) މައްސަލައިގައި ހެކި ބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުން

5) އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ، ފުލުހުންގެ ހުއްދަ ހޯދުން

6) ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުން

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރިއިރު، ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.

އޭގެ ފަހުން ލަމްހާ ދެ ފަހަރެއްގެ މަތިން ދޫކޮށްލިއިރު ވެސް، އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
މާލެސިޓީ ކައުންސިލުން 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ
ވެމްކޯއިން ބުނީ ކަނޑައެޅިފައިވާ އުސޫލުން ފީ ނުދެއްކުމުން އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓްރީކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުރަސް އެޅުފައިވާކަމަށެވެ
13 Aug 2026
ރައީސާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު: އިތުރު ދާއިރާއަކަށް ނޯޓްކުރަން ހުޅުވާލައިފި
"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ.
13 Aug 2026
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް، ހިދުމަތުގެ އިނާމު އެއް ބޭފުޅަކަށް
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
13 Aug 2026
އަޔަލޭންޑްގެ ފުޓްބޯޅަ އިދާރާއިންވެސް އިންފަންޓީނޯއާ ދެކޮޅަށް
ބޯޑު ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި އެފްއޭއައި އިން ބުނެފައި ވަނީ ވޯލްޑް ކަޕަށް ފަހު ހިޔާލުތަފާތުވުންތައް އުފެދުމުގެ ކުރިން ފޮނުވި ތާއީދުގެ ސިޓީ ބާތިލުކޮށް ސަބަބުތައް ބަޔާންކޮށް ފީފާއަށް ވަކި ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.
13 Aug 2026
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 145.7 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ ގްރޫޕް ކުންފުންޏަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 187.5 މިލިއަން ރުފިޔާއެވެ.
13 Aug 2026
ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން، ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަނުކޮށްފި
ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން އަދި ސިވިލް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަނުކޮށްފި އެވެ.
13 Aug 2026
އަބްދުﷲ ޝާހިދު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދު އައްޑޫސިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވަނީ މުހިންމު ކަމެއް ފެއްޓެވުމަށެވެ
13 Aug 2026
ޞާލިޙް 2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2028 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.