ދީން
22 Nov 2024 | 12:57
”ޤިޔާމަތްދުވަހު ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެންދާނެ؛ އެއީ 50،000 އަހަރާ އެއްވަރުގެ ދިގު ދުވަހެއް“

ޤިޔާމަތް ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދިގު ދުވަހެއް ކަމަށް ބުނެ، އެދުވަހަށް ތައްޔާރުވުމަށް މިއަދުގެ ޚުތުބާގައި ނަޞޭހަތްތެރިވެއްޖެއެވެ.

ޤިޔާމަތް ދުވަހުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަސް ކަމަށެވެ. އަދި މި ދުވަސް އަންނާނެވަގުތެއް اللهُ سُبْحَانَهُ وَتَعَالَى ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެންނުވެތެވެ. 

އެދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ދާނެތެވެ. އަދިއެއްވެސް ތަރުޖަމާނަކާ ނުލައި اللهُ سُبْحَانَهُ وَتَعَالَى ކޮންމެ މީހަކާމެ ބަސްވަޙީކުރައްވާނެތެވެ. އެއީ، ފަންސާސް ހާސް އަހަރާ އެއްވަރުގެ ދިގު ދުވަހެކެވެ. 

ޚުތުބާ

”މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ފަންސާސް ހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكةންނާއި، جبريلގެފާނު، އެކަލާނގެ حضرةއަށް އަރައިވަޑައިގަންނަވާނެތެވެ.“  

މިއާއެކު ޚުތުބާގައި ވަނީ، ޤިޔާމަތް ދުވަހަކީ، ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަން ފާހަގަކޮށް ޤުރުއާނުގެ އަލީގައި އެދުވަހުގެ ބިރުވެރިކަން ހާމަކޮށްދީފައެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. الله އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއް ފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ.

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ރަޙިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑު ކަމަށެވެ. އަދި އެދުވަހުން، އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތްހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށެވެ.

މި ކަންބަޔާންކޮށްދެއްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "(އެއީ) މީހާ އޭނާގެ އާޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެ ދުވަހުން ވެއެވެ."

ޚުތުބާ

ޚުތުބާގައި ބުނެފައިވާ ގޮތުން، އިސްވެދިޔަ އުންމަތްތަކުގެ މީހުންނާއި ފަހުގެ އުންމަތްތަކުގެ މީހުން މަޙްޝަރުބިމަށް ޖަމާވެފައި ތިބޭ ހިނދު، އިރު ހުންނާނީ އެ މީހުންނާ މޭލަކަށްކައިރިކުރެވިފައިކަމަށް رَسُوْلُ اللهِ ޞޢވގެ އަރިހުން ޞައްޙަ ގޮތުގައި ސާބިތުވެގެންވެއެވެ.

އަދި އަހަރެމެން ދިރިއުޅޭ ދުނިޔެއާއި، އިރާ ދެމެދު ނުވަދިހަ ތިން މިލިއަނެއްހާ މޭލުހުންނައިރު، ހޫނުގަދަ ދުވަސްތަކުގައި ހޫނުގެ ސަބަބުންކޮންމެ އަހަރަކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވެގެންދާކަން ފާހަގަކޮށް، ދުނިޔޭގެ ގަދަ ހޫނުގައި މީސްތަކުންގެ ޙާލަކީ މިއީކަމުގައިވާ އިރު، ޤިޔާމަތް ދުވަހުގެގަދަ ހޫނުގައި ތިބޭ އިރު، މީސްތަކުންގެ ޙާލު ހުންނާނީ ކިހިނެއްތޯޚުތުބާގައި ސުވާލު ކޮށްފައިވެއެވެ.

”އެ ދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދާގެ ތެރޭގައި ތަނބިކަށްޓާ ހަމައަށެވެ. އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާހަމައަށެވެ. އަނެއްބަޔަކު އެބައެއްގެ އުނަގަނޑާ ހަމައަށެވެ. އަނެއް ބަޔަކު ތިބޭނީ އެބަޔެއްގެ އަނގައާ ހަމައަށް ގެނބިފައެވެ.“

ޚުތުބާ

ނަމަވެސް އެ ދުވަހުގެ ބިރުވެރިކަމާއި، ނާމާންކަމުން ނަޖާކުރައްވައި اللهُ سُبْحَانَهُ وَتَعَالَىގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާމީހުން ހިމެނޭ ކަމަށާ އޭގ ތެރޭގައި ހެޔޮ ޢަމަލުކުރަމުން ބޮޑުވަމުންދާ ޒުވާނުން ހިމެނޭ ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ