އެމްޑީޕީފެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މާލޭ ފަޅުގައި އޮތް މަސްދޯންޏެއްގައި.. ފޮޓޯ/އެމްޑީޕީ
ހަބަރު
23 Nov 2024 | 14:42
މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް، އެމްޑީޕީގެ ޗެއާޕާސަން މަސްވެރިންގެ ކައިރިއަށް

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މާލޭ މަސްމާރުކޭޓް ސަރަހައްދަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ފައްޔާޒުގެ އަރިހުގައި ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުންގެންދަވާ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު، އެ ބޭފުޅުން ވަނީ މާލޭ މަސްމާރުކޭޓް ސަރަހައްދުގައި އަޅާފައިވާ ދޯނިތަކުގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. 

މިކަމާގުޅޭގޮތުން އެމްޑީޕީން ބުނީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބަލާއިރު، އަދުގެ ސަރުކާރުން މަސްވެރިންނަށް ކޮށްދޭން ވައުދުވި ކަންކަން ފުރިހަމަކޮށްދެމުން ނުދާތީވެ މަސްވެރިން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މި ޒިޔާރަތުގައި ފައްޔާޡް ވަނީ މަސްމާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވާ މަސްކަނޑާ މީހުންނާއިު މަސް ވިއްކާމީހުންނާވެސް ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

އެމްޑީޕީގެ ލީޑަރޝިޕުން މަސްވެރިންގެ ޝަކުވާތައް އަޑުއެހުމަށް މަސްމާރުކޭޓް ސަރަހައްދަށް މިއަދު ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރަށް އަހަރު ފުރުމާ ދިމާކޮށް ވަނީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާކަން ހާމަކޮށްފައެވެ. މިގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، މަސް ރައްކާކުރުމާއި މަސް ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްކަމަށް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްވެރިންއަތުން މަސްކިރުވުމަށްފަހު އަދުގެ ސަރުކާރުން މަސްވެރިންނަށް ދޫކުރަން ބުނި ފައިސާވެސް ދޫކޮށް ނިންމާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1.04 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.