ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ، ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ..
ހަބަރު
23 Nov 2024 | 21:34
މިއީރާއްޖޭގައި ސިޔާސީޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެބޮޑު، އަދި ކާމިޔާބު އިންތިހާބު: ޢަބްދުއްރަޙީމް

ޕީއެންސީން މިއަދު ބޭއްވި އިންތިހާބަކީ ރާއްޖޭގައި ސިޔާސީޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެބޮޑު، އަދި ކާމިޔާބު އިންތިހާބުކަމަށް އެ ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ވަނީ އެޕާޓީގެ އެތެރޭގެ މަގާމްތަކަށް މެމްބަރުން ހޮވުމަށް އިންތިހާބު ކުރިއަށްގެންގޮސްފައެވެ. މި އިންތިހާބާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީން މިއަދު ބޭއްވި އިންތިހާބު ކުރިއަށްދިޔައީ އުއްމީދުކުރިގޮތަށް ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އިންތިހާބު ނިމުނީ ވަރަށް އަމާންކޮށް ކަމަށާއި، މިވަރުގެ އިންތިހާބެއްގައި ހިނގާފާނޭކަމަށް ލަފާކުރި ކަންކަން ހިނގާފައި ނުވާކަމަށެވެ. ކޮންމެވެސް ވަރެއްގެ ކަންކަން ހިނގިނަމަވެސް އެއީ އިންތިހާބަށްއޮތް ޝައުގުވެރިކަމެއްގެ ސަބަބުން ހިނގާދިޔަ ކަންކަން ކަމަށް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތުގައި މިއަދަކީ ފާހަގަކޮށްލެވޭ މުހިއްމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އިންތިހާބާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަށް ބަލަމުންދާކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީން އެކަންކަން ނިންމަވާނޭކަމަށެވެ. 

އިންތިހާބުގައި ވާދަކުރަން ބޭނުންވި ކެނޑިޑޭޓުންނަށް އެފުރުސަތު ލިބިގެންދިޔަކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީގެ ލީޑަރޝިޕުން ވަކި މީހަކު ހޮވުމަށް މަސައްކަތްކޮށްފައި ނުވާނޭކަމަށެވެ. 

ޕީއެންސީން މިއަދު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1984 މަގާމަށް 648 ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އިންތިހާބުގައި ޖުމްލަ 144 ވޯޓުފޮށި ބަހައްޓާފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 33،500 އަރާކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.